ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާއި އެމްއައިޓީޑީސީ އާއި އައްޑޫ އެއާޕޯޓް ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ސައްހަކަން ކަށަވަރު ނުވާ ކަމަށް އޮޑިޓްތަކުން ފެންނަ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އެނުއަލް ފައިނޭންޝަލް ރިވިއުގައި ހާމަކޮށްފި އެވެ.
29 އޮކްޓޯބަރ 2024

އެ ރިޕޯޓުގައިވާ ގޮތުން، އެ ތިން ކުންފުނީ އޮޑިޓް ކުރީ ކްރޯ މޯލްޑިވްސް އިންނެވެ. ކުންފުނިތައް އޮޑިޓް ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ކުންފުނިތަކުން މާލީ ހިސާބުތައް ނުދޭތީ ކަމަށް އޮޑިޓަރުން ފާހަގަކޮށްފައިވެ އެވެ.
ފައިނޭންޝަލް ރިވިއުގައިވާ ގޮތުން، މާލީ ބައެއް ހިސާބުގައި މައްސަލަތައް އުޅޭކަން ފާހަގަކުރެވޭ ހަ ކުންފުންޏެއް އެބައޮތެވެ. އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ފެނަކަ އާއި އެމްއެމްޕީއާރުސީ އާއި އެމްޓީޑީސީ އާއި އާރުޑީސީ އަދި ސްޓެލްކޯ އެވެ.
ވެމްކޯ އާއި ޕީއެސްއެމްގެ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އޮޑިޓަރުގެ އޮޕީނިއަން ނުދޭން ވަނީ ނިންމައިފަ އެވެ.
މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި 53 ބިލިއަން ރުފިޔާ ލިބުނެވެ. ފައިދާގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން 14 ކުންފުންޏަށް ލިބުނު ފައިދާ އެވެ. ބާކީ ހުރި ކުންފުނިތަކަށް މިދިޔަ އަހަރު ވީ ގެއްލުމެވެ.
ބައެއް ކުންފުނިތަކުން މުސާރައަށް ބޮޑު ހޭދައެއް!
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
ފެނަކައިގެ ޒިންމާ ފިނޭންސާއި ޕީސީބީން ނަގަންޖެހޭ!
އެމްއޭސީއެލްގެ ބޯޑަށް ޑީއެމްޑީ މުޖުތަބާ އައްުޔަންކޮށްފި
މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް
އެސްއޯއީތަކުގެ މާލީ ހިސާބުތައް އާންމުނުކުރާތާ އަހަރެއް
ފެނަކައަށް އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް
ބޭސް ކުންފުނީގެ އެމްޑީއަކަށް ޝާހް މާހިރު
މަސްވެރިކަން ޕްރޮމޯޓުކުރާ ކުންފުންޏަށް އާ އެމްޑީއެއް
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި