11 ޖުލައި 2024
ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކުން، ލިބޭ އާމްދަނީއަށް ވުރެ ބޮޑު ހޭދައެއް މުވައްޒަފުންގެ މުސާރައަށް މިދިޔަ އަހަރު ހަރަދު ކުރަން ޖެހުނު ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރިޕޯޓެއްގައި ބުނެފި އެވެ.
ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކުން، ލިބޭ އާމްދަނީއަށް ވުރެ ބޮޑު ހޭދައެއް މުވައްޒަފުންގެ މުސާރައަށް މިދިޔަ އަހަރު ހަރަދު ކުރަން ޖެހުނު ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރިޕޯޓެއްގައި ބުނެފި އެވެ.
ސަރުކާރު ހިއްސާ އޮންނަ 31 ކުންފުންޏެއްގެ މައްޗަށް ޕީސީބީން އެކުލަވާލި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުގައި ބުނީ، ކުންފުނިތަކުން އެންމެ ބޮޑު ހޭދައެއް ހިނގާ އެއް ކަމަކީ މުވައްޒަފުންނަށް މުސާރަ ދިނުން ކަމަށެވެ. އޭގެ ތެރެއިން ވެސް ބޮޑު ހޭދައެއް މުވައްޒަފުންނަށް ހިނގާ ތިން ކުންފުންޏަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ރީޖަނަލް އެއާޕޯޓްސް އަދި ލ. ކައްދޫ އެއާޕޯޓު ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ޕީސީބީން ބުނިގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މުވައްޒަފުންގެ އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 34،369 އަށް އަރައިފަ އެވެ. އޭގެ ކުރީ ދެ އަހަރު އެ އަދަދު ހުރީ 30،866 ގަ އެވެ.
ރިޕޯޓުގައި ހުރި ތަފާސްހިސާބަށް ބަލާއިރު، އެއް އަހަރުގެ ތެރޭގައި އެންމެ ގިނައިން މުވައްޒަފުން އިތުރުކުރި ކުންފުނިތަކުގެ ތެރޭގައި ފެނަކަ އާއި އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ހިމެނެ އެވެ.
ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު އެމްޓީސީސީ އަށް 734 މުވައްޒަފުން ވެއްދި އެވެ. ފެނަކަ އަށް 682 މުވައްޒަފުން، ސްޓެލްކޯ އަށް 302 މުވައްޒަފުން އަދި އެޗްޑީސީ އަށް 642 މުވައްޒަފުންނަށް އެ އަހަރު ވަޒީފާ ދިން ކަމަށް ޕީސީބީން ބުންޏެވެ.
ކައްދޫ އެއާޕޯޓު: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ހިނގާ ހޭދަތައް ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ.
މުވައްޒަފުންނަށް މުސާރަ ދޭން ކުންފުނިތަކުން ކުރާ ހޭދަ 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
ޕީސީބީން ބުނީ، ލިބޭ އާމްދަނީގެ ނިސްބަަތަށް ވުރެ މުސާރަ އަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 3.28 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު 275 މުވައްޒަފަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 11.69 މިލިއަން ރުފިޔާ އެ ކުއާޓަރުގައި ހޭދަކުރި އެވެ. މިއީ ލިބުނު އާމްދަނީ އަށް ވުރެ 356 ޕަސަންޓު އިތުރު އަދަދެއް ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
މުސާރަ އަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ދެ ވަނަ ކުންފުނި، ރީޖަނަލް އެއާޕޯޓްސް (އާރުސީއެލް) އިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 423 މުވައްޒަފަކަށް 20.61 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެކަމަކު ސަރުކާރުން ފައިސާ ދީގެން ހިންގާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، އާރުސީއެލްއަށް އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.65 މިލިއަން ރުފިޔާ އެވެ. އޭގެ މާނައަކީ، އެ ކުންފުންޏަށް ލިބުނު އާމްދަނީ އަށް ވުރެ 270 ޕަސަންޓު އިތުރަށް މުސާރައަށް ކުރި ހޭދަ ބޮޑެވެ.
ސަރުކާރުން ފައިސާ ދީގެން ހިންގާ ކައްދޫ އެއާޕޯޓްސްއަ ށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 2.96 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ ކުންފުނީގައި މަސައްކަތް ކުރާ 156 މުވައްޒަފުންނަށް މުސާރަ ދޭން 6.14 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. މިއީ ލިބުނު އާމްދަނީއަށް ވުރެ 207 ޕަސަންޓު އިތުރު އަދަދެކެވެ.
މި ތިން ކުންފުނީގެ އިތުރުން ވެސް ލިބޭ އާމްދަނީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައިން މުސާރައަށް ހަރަދުކުރާ ފަސް ކުންފުންޏެއް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެރޭގައި، ޓްރޭޑްނެޓުން މުސާރަ ދޭން ލިބުނު އާމްދަނީގެ 84 ޕަސެންޓު، އާސަންދަ އިން 69 ޕަސެންޓު، ޕީއެސްއެމުން 61 ޕަސެންޓު، ވެމްކޯ އިން 57 ޕަސެންޓު، އެމްޕީއެލް އިން 53 ޕަސެންޓު މުސާރަ އަށް ހޭދަކުރާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައި ޕީސީބީން ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެކަމަކު، ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ އަދަދު ހުރީ 2.27 ބިލިއަން ރުފިޔާގައި ކަމަށް ޕީސީބީން ބުންޏެވެ
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ލިބުނު އާމްދަނީގެ ބޮޑު ބައެއް ހޯދާފައިވަނީ އެސްޓީއޯ އިންނެވެ. އެ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އަކީ ކުންފުނިތަކުގެ ޖުމްލަ އާމްދަނީގެ 30 ޕަސެންޓެވެ.
ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިޕޯޓުގައިވާ ގޮތުން އެޗްޑީސީންނެވެ. އެ ކުއާޓަރުގައި އެޗްޑީސީ އަށް ލިބުނު ގެއްލުން އުޅެނީ 3.23 ބިލިއަން ރުފިޔާގަ އެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބުތަކުން އުނިކުރުމާއި ހުޅުމާލެ 2 ގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން ހިޔާ ފްލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
ތިން ކުންފުންޏެއްގެ މާލީ މައުލޫމާތު ސައްހައެއް ނޫން
ރީޖަނަލް އެއާޕޯޓުގެ ލޯނުތަކާ ގުޅޭ ކޮމިޓީ ސިއްރު
ޕީސީބީ އުވާލުމަށްފަހު އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް
އެސްއޯއީތަކުން ލިބުނު ފައިދާ 6.4 ބިލިއަން ރުފިޔާއަށް
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިއުލާންކޮށްފި
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
އެމްއޭސީއެލް އާއި އާރްސީއެލް އެއްކޮށްލަން ނިންމައިފި
ފެނަކައިގެ ޗެއާމަނާއި ބޯޑުގެ ދެ މެންބަރަކު ވަކިކޮށްފި
އެސްއޯއީތަކަށް މާލީ ދާއިރާގެ ބޯޑު ޑިރެކްޓަރެއް