Roadha Mihaaru
އަހަރެން މިހާރު ސިންގަލް: އަރްޖުން

އަހަރެން މިހާރު ސިންގަލް: އަރްޖުން

30 އޮކްޓޯބަރ 2024

ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާއާ އެކު އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފައިވާކަން ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރް ޔަގީންކޮށްދީފި އެވެ.

ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާއާ އެކު އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފައިވާކަން ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރް ޔަގީންކޮށްދީފި އެވެ.

އަރްޖުން މި ދުވަސްކޮޅު ބީޒީކޮށް އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިންގަމް އެގެއިން"ގެ ޕްރޮމޯޝަންގަ އެވެ. އެ ފިލްމުގެ ޕްރޮމޯޝަނަށް އިންޑިއާގެ މުމްބާއީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޕާޓީއެއްގައި އެތަނުގައި ތިބި އާންމުންގެ ބަޔަކު ވަނީ މަލައިކާ ނަން ގޮވާއި އޭނާ ކޮބައިތޯ އަރްޖުން ގާތުގައި އަހައިފަ އެވެ.

"ނޫނޭ، ނޫނޭ، މިހާރު ސިންގަލް. ހަމަޖެހިލާ،" އެ ސުވާލަށް ދިން ޖަވާބުގައި އަރްޖުން ބުންޏެވެ.

އަރްޖުން އާއި މަލައިކާގެ ލޯބީގެ ގުޅުން ނިމުމަކަށް މި އައީ އަށް އަހަރު ފަހުންނެވެ.

އެ ދެމީހުން ރުޅިވި ކަމަށް، މިދިޔަ އަހަރުން ފަށައިގެން އޮތީ އަޑު ފެތުރިފަ އެވެ. އެކަމަކު، އަރްޖުން ވެސް މަލައިކާ ވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އޭރު ނުބުނެ އެވެ. އަދި އޭގެ ފަހުން ވެސް ދެމީހުން އެކުގައި ވަރަށް ގިނަ ތަންތަނުން ފެނިފައިވެ އެވެ. ބެލެވޭ ގޮތުގައި، އެ ދެމީހުންގެ ލޯބީ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް އަދިވެސް ރަހުމަތްތެރިކަން ބާއްވަ އެވެ.

އަރްޖުން އާއި މަލައިކާގެ ލޯބީގެ ގުޅުން ފެށުނީ 2018 ވަނަ އަހަރު އެވެ. އެ ދެ މީހުން ކައިވެނިކުރަން ވެސް އުޅުނެވެ.

މަލައިކާއަކީ ކުރީގެ ކައިވެންޏަށް ޒުވާން ދަރިޔަކު ހުރި މީހެކެވެ. އޭނާގެ 21 އަހަރުގެ ދަރިފުޅު އަރުހާން ހާންގެ ބައްޕައަކީ ސަލްމާން ހާންގެ ކޮއްކޮ އަރުބާޒް ހާނެވެ. މަލައިކާ އާއި އަރުބާޒް ވަކިވީ 2017 ގަ އެވެ.

އަރުޖުންއަކީ އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ކަަމަށްވާ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަދި ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރްގެ އެއްބަފާ ބޭބެ އެވެ.