31 އޮކްޓޯބަރ 2024
ހައްޖާއި އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ހާއްސަކޮށް އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ހާއްސަކޮށް އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
"ހައްޖު އުމްރާ ކޮންފަރެންސް" ފެށުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިދުމަތުގެ ގޮތުން ރަނގަޅު ކުންފުނިތަކަށް އެވޯޑެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން އެ އެވޯޑް ކުންފުނިތަކަށް ދޭނީ އަންނަ އަހަރުން ފެށިގެން ކަމަށާއި އެގޮތުން ހިދުމަތުގެ އެންމެ ރަނގަޅު ފަސް ކުންފުންޏަކަށް ކޮންމެ އަހަރަކު ވެސް އެ އެވޯޑު ދޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "ހައްޖު އުމްރާ ކޮންފަރަންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިއަދު ފެށި ކޮންފަރެންސްގައި، އެ އެވޯޑް ދޭން ގޮތަކާ މެދު މަޝްވަރާ ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މި އެވޯޑުގެ ސަބަބުން އެ ޖަމާއަތުގެ މާކެޓިންއަށް ލިބޭނެ ވަރަށް ބޮޑު ބާރެއް. އެހެންވީމާ މިހާރުން ފެށިގެން ވެސް މަސައްކަތް ކުރަންވީ ހޯދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ އެވޯޑު ދޭނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު އުމްރާ ކޮންފަރެންސްގަ އެވެ. އަންނަ އަހަރުގެ ކޮންފަރެންސްގައި ރާއްޖޭގައި ހައްޖާއި އުމްރާގެ ހިދުމަތް ދޭ ގްރޫޕްތައް ޕްރޮމޯޓްކުރަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
"ހައްޖު އުމްރާ ކޮންފަރަންސް"ގައި ދިގު މައްދަތަށް ހިދުމަތް ކުރެއްވި އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނު އަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އެވޯޑު ދެއްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިއަދުގެ އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ ތިން ބޭފުޅަކަށް އެވޯޑް ދީފަ އެވެ.
1. އަލްމަރުހޫމް އަބްދުއްލަތީފް ހުސެއިން މަނިކު (އަތަމާ އަބްދުލްލަތީފް)
2. އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނު
3. މުހައްމަދު ޔޫސުފް މޫސާ
އެ އެވޯޑުތައް ހަވާލުކޮށް ދެއްވީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
އަގު ހެޔޮ އުމްރާ ޕެކޭޖް ތައާރަފްކުރަން އެދިވަޑައިގެންފި
ވިސާ ފީ އަށް ބަދަލުތަކެއް، ހައްޖުގެ އަގު ބޮޑުވެދާނެ
ހައްޖު އަގު ހެޔޮކުރުން ހަގީގަތަކަށް ވުމުގެ އުއްމީދުބޮޑު
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ
ހައްޖު އޮޕަރޭޝަން ކާމިޔާބު، ކަންކަން ރަނގަޅު ކުރާނަން
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތުގައި، ހާލު ރަނގަޅު
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް
އާމްދަނީ ލިބޭ މީހަކު ހިލޭ ހައްޖަށް ފޮނުވި މައްސަލައެއް
"ހައްޖު ކިއުފަޅާފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ"
ފުރަތަމަ ގްރޫޕްގައި 298މީހުން މާދަމާ ހައްޖަށް ފުރާނެ