31 އޮކްޓޯބަރ 2024
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސް ވިދާޅުވީ ގެދޮރު ބިނާކުރަން އަންނަ އަހަރު 1.5 ބިލިއަން ރުފިޔާގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭގެ އިތުރުން، ގެދޮރު އިމާރާތްކުރަން ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓުގައި ލޯނު ދޫކުރަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، އެ ލޯނު ސްކީމަށް ބޭނުންވާ އެއް ބިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ އެވެ.
"އެހެންވީމާ 2.5 ބިލިއަން ރުފިޔާ ގެދޮރުވެރިކަމަށް. މި ދަންނަވަން އުޅޭ ވާހަކައަކީ ތިޔަ ބޭފުޅުން ހިތްވަރާ އެކީގައި ތި ކުރެއްވި މަސައްކަތުން ގައުމަށް ކަމެއް ކޮށްދެވޭތޯ ނުކުމެވަޑައިގަންނަވާށޭ، އަޅުގަނޑުމެން ބަލާނަމޭ އިރާދަކުރެއްވިއްޔާ ތި ބޭފުޅުންނަށް ބޭނުންވާ، ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ހާއްސަ ގޮތެއްގައި ހާސިލް ކޮށްދިނުމަށް." ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
އެމްއެންޔޫއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު އަދި އެ ޔުނިވާސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ދާއިރާ އަދި އެހެނިހެން ދާއިރާތަކުން ވެސް ކޮށްދެވޭނެ ކަންތައް ބައްލަވާނެ ކަމަށެވެ.
އިގުތިސާދު ފުޅާކުރުމުގެ ތެރެއިން، ޒުވާނުންނަށް ހާއްސަ ކޮށްގެން ކްރިއޭޓިވް އިކޮނޮމީއެއް ފަހިކޮށްދިނުމަށް ހުނަރުތައް "ވިއްކައިގެން" ފުރިހަމަ ޕޭމަންޓް ގޭޓްވޭ ނިޒާމަކާ އެކު، އެކި ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، ރައީސް ވިދާޅުވީ ހުރި ގޮންޖެހުންތައް ބޮޑުވުމުން، ކޮންމެ ކަމެއް ގިރާކުރަން ވަގުތު ނަގާ ކަމަށާއި އެކަމަކު، އެކަން ވެސް ކުރިއަށް ގެންދާ ކަމަށެވެ.
ގެދޮރުވެރިކަމުގެ ލޯނަށް އަހަރަކު އެއް ބިލިއަން ދޭނެ
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން
އަންނަ އަހަރު ބޯހިޔާވަހިކަމަށް 4.8 ބިލިއަން ރުފިޔާ
ޕީއެސްއައިޕީގެ 50ޕަސެންޓު ގެދޮރުވެރިކަމަށް ހާއްސަކުރަނީ
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ކައުންސިލް ބްލޮކް ގްރާންޓަށް 1.9 ބިލިއަން ހޭދަކޮށްފި
އިސްލާމިކް ފައިނޭންސިން ހައުސިން ލޯނަށް ހުޅުވާލައިފި