ބީއެމްއެލް އިން އއ. ހިމަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.
31 އޮކްޓޯބަރ 2024
ބީއެމްއެލް އިން އއ. ހިމަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.
މި ސެންޓަރުން ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފާ ކުރުން ހިމެނެ އެވެ.
ބީއެމްއެލްއިން ވަނީ އެ އަތޮޅު ފެރިދު އާއި ބޮޑުފޮޅުދޫގައި ވެސް މި ހަފުތާގައި އޭޓީއެމް ސެންޓަރު ހުޅުވައިފަ އެވެ.
ހިމަންދޫގައި ހުޅުވި އޭޓީއެމް ސެންޓަރާ އެކު އެ އަތޮޅުގައި ބީއެމްއެލްގެ 7 އޭޓީއެމް ސެންޓަރު ހުންނާނެ އެވެ. އެ އަތޮޅުގައި ހުރި އޭޓީއެމް ސެންޓަރުތަކުގެ އިތުރުން 2006 ވަނަ އަހަރު ރަސްދޫގައި ހުޅުވި ބީއެމްއެލްގެ ބްރާންޗް މެދުވެރިކޮށް އެ ބޭންކުން އަންނަނީ އެ އަތޮޅުގައި ބޭންކިން ހިދުމަތްތައް ދެމުންނެވެ.
ބީއެމްއެލް އިން 20 އަތޮޅުގައި އެ ބޭންކުގެ 39 ބްރާންޗް ހިންގަ އެވެ. އަދި 21 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 147 އޭޓީއެމްގެ އިތުރުން އޭޖެންޓުން މެދުވެރިކޮށް ވެސް އަންނަނީ ބޭންކިންގެ ހިދުމަތްތައް ދެމުންނެވެ.
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް
ރިނބުދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި
ބީއެމްއެލް ޕްރޮމޯޝަނުގެ އެއް ލައްކަ ރުފިޔާ ދީފި
މީދޫގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ފަށައިފި