Roadha Mihaaru
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް

ޖިބޯން ކްލިނިކް: ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭ ވައިޓަލްކެއާގެ ބަޖެޓް ކްލިނިކް

04 ނޮވެމްބަރ 2024

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ދެމުންދާ ވައިޓަލް ކެއާއިން އަގުހެޔޮކޮށް، ސިއްހީ ހިދުމަތްތައް ދިނުމަށް ޖިބޯން ކްލިނިކުގެ ނަމުގައި "ބަޖެޓް" ކްލިނިކެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ދެމުންދާ ވައިޓަލް ކެއާއިން އަގުހެޔޮކޮށް، ސިއްހީ ހިދުމަތްތައް ދިނުމަށް ޖިބޯން ކްލިނިކުގެ ނަމުގައި "ބަޖެޓް" ކްލިނިކެއް ހުޅުވައިފި އެވެ.

މި ތަނަކީ މާލީ ދަތިކަން ހުރި ފަރާތްތަކާއި އިންޝުއަރެންސް ނެތް ފަރާތްތަކަށް ރަނގަޅު ސިއްހީ ހިދުމަތެއް ކުޑަ އަގެއްގައި ފޯރުކޮށްދިނުމަށް ހުޅުވި ތަނެއް ކަމަށް ވައިޓަކް ކެއާއިން ބުންޏެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ހުރިހާ އެންމެންނަށް ސިއްހީ ހިދުމަތް ހޯދޭނެ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށާއި މި ތަނަކީ އެންމެންނަށް އަތްފޯރާ އަގުގައި ހިދުމަތް ހޯދޭނެ ތަނެއް ގާއިމް ކުރުމުގެ ގޮތުން ހުޅުވި ކްލިނިކެއް ކަމަށް ބުންޏެވެ.

ޖިބޯން ކްލިނިކުގެ އެތެރެ.

ޖިބޯން ކްލިނިކުގެ އެތެރެ.

ވައިޓަލް ކެއާއިން ބުނި ގޮތުގައި މި ކްލިނިކުގެ ހިދުމަތްތަކުގެ އަގުހެޔޮވި ނަމަވެސް ކްލިނިކުން ލިބެން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބުންޏެވެ. އަދި މިތަނުން ދަތުގެ ފަރުވާ ހޯދުމުގެ އިތުރުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ވެސް ދެއްކޭނެ އެެވެ. އަދި އެކްސް ރޭ ނެގުމާއި ލޭގެ ޓެސްޓް އަދި ބޭސް ފިހާރައިގެ ހިދުމަތް ރާއްޖޭގައި އާއްމުކޮށް ހުންނަ އަގުތަކަށް ވުރެ ހެޔޮ އަގެއްގައި ލިބޭނެ ކަމަށް ވައިޓަލް ކެއާއިން ބުންޏެވެ.

ޖިބޯން ކްލިނިކުގައި ހުންނަ ފާމަސީ.

ޖިބޯން ކްލިނިކުގައި ހުންނަ ފާމަސީ.

މި ތަނުން ބިދޭސީންގެ ވޯކް ޕާމިޓް މެޑިކަލް ވެސް ހެއްދޭނެ އެވެ. އަދި އެކަމަށްޓަކައި، ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

ޖިބޯން ކްލިނިކް ހުންނަނީ މާލޭ ދިލްބަހާރުމަގު، ހީރާ ހަނދުވަރުގޭގެ ގްރައުންޑް ފްލޯގަ އެވެ. މި ތަނުން އެޕޮއިންޓްމަންޓް ހައްދަން ބޭނުންނަމަ 3031353 ނަމްބަރުން އަދި ވައިބާ މެދުވެރިކޮށް 7351315 އެކަން ކުރެވޭނެ އެވެ.