Roadha Mihaaru
ސެނަހިޔާގައި އެމްއާރުއައިގެ ހިދުމަތް ފަށަނީ

ސެނަހިޔާގައި އެމްއާރުއައިގެ ހިދުމަތް މި އަހަރު ފަށާނެ

30 ޖޫން 2019

އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފި އެވެ.

އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ސާވިސް ކޯޑް ކޮމާންޑަރު ޖެނެރަލް ހާމިދު ޝަފީގު ވިދާޅުވީ ސެނެހިޔާ އަކީ ސިފައިންނަށް ހިންގާ ތަނަކަށް ވިޔަސް، އެތަނުން ދޭ ހިދުމަތްތައް ރައްޔިތުންނަށް ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެގޮތުން ސެނަހިޔާގައި ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ދޭނެ ތަނެއް ހަމަޖެހި މި އަހަރުގެ ތެރޭގައި އެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހެލްތު ކޭމްޕުތައް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.

"ރާއްޖެތެރޭގެ ރަށްރަށަށް ގޮސްގެން، ސުޕަ ސްޕެޝަލިސްޓުން ގެނެސްގެން މި ކޭމްޕްތައް ވެސް މި އަހަރުގެ ތެރޭގައި ފައްޓާނަން،" ހާމިދު ވިދާޅުވި އެވެ.

ރާއްޖޭގައި އެމްއެއާރުއައިގެ ހިދުމަތް ދެމުން އަންނަނީ ވަރަށް މަދު ހޮސްޕިޓަލްތަކެއްގަ އެވެ.

ސެނެހިޔާ. އެތަނުން ދޭ ބައެއް ހިދުމަތްތައް ވަނީ ފުޅާކޮށްފައި. --

ސެނެހިޔާ. އެތަނުން ދޭ ބައެއް ހިދުމަތްތައް ވަނީ ފުޅާކޮށްފައި. --

ސެނަހިޔާގައި މިދިޔަ ނޮވެމްބަރު މަހު ވަނީ އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއް ހުޅުވައިފަ އެވެ. މީގެ ހަ އަހަރު ކުރިން ހުޅުވި ސެނަހިޔާގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ތަފާތު ޓެސްޓުތައް ވެސް ހެދެ އެވެ. ފަހުން ހުޅުވި ވޯޑުގައި 10 އެނދު އަދި އައިސީޔޫގައި ދެ އެނދު ހުރެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ސެކިއުރިޓީ ވަރުގަދަކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް އޭރިއާ ކޮމާންޑުތައް ބާރުވެރި ކުރުވައި ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ހިނގާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ނުވަތަ އެކި ކަންކަމާ ގުޅިގެން ކޮންމެ ފަހަރަކު މާލެއިން ސިފައިން ފުރުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެ ސަރަހައްދަކުން ދިމާވާ ކަންކަމުގައި އެ ސަރަހައްދެއްގެ އޭރިއާ ކޮމާންޑުން އަދާކުރާ ދައުރު ފުޅާކޮށް ގާބިލުކަން އިތުރުކުރާ ނަމަ، ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.