05 ނޮވެމްބަރ 2024
ރާއްޖޭގައި ރިސޯޓު ހިންގާ އެންމެ ބޮޑު އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހަންމަދު ސޮލާހު ހަމަޖައްސައިފި އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މައި ކުންފުންޏެއްގެ ސީއީއޯގެ މަގާމަކަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ރިސޯޓު ހިންގާ އެންމެ ބޮޑު އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހަންމަދު ސޮލާހު ހަމަޖައްސައިފި އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މައި ކުންފުންޏެއްގެ ސީއީއޯގެ މަގާމަކަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ނުވަ ރިސޯޓާއި ސިޓީ ހޮޓަލެއް ހިންގާ ރާއްޖޭގެ އެންމެ މުއްސަނދި އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ހަމަޖެއްސެވި ސޮލާހު މީގެ ކުރިން ހުންނެވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގަ އެވެ. އޭގެ ކުރިން އެ ދެ މަގާމު ވެސް ފުރުއްވީ ބޭރު މީހުންނެވެ.
އުމުރުން 21 އަހަރުގައި ޓޫރިޒަމް ދާއިރާއާ ގުޅިވަޑައިގެންނެވި، ހއ. ދިއްދު އަށް އުފަން ސޮލާހަކީ މިދިޔަ 20 އަހަރު އެ ދާއިރާގެ އެންމެ އާދައިގެ ވަޒީފާތަކުން މި ހިސާބަށް ވަޑައިގަތް ބޭފުޅެކެވެ.
އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ މީރުފެންފުށި ރިސޯޓުގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާ އެވެ. އޭގެ ފަހުން އެކި ފަންތިތަކުގައި ވަޒީފާ އަދާކުރައްވައި އަދި ލިބިވަޑައިގަތް ފުރުސަތުތަކުގައި ރާއްޖެ އިން ބޭރަށް ކިޔަވާ ވިދާޅުވާން ވަޑައިގެންނެވި އެވެ.
- ދުބާއީގެ ޒާޔާ އަލް ބަރާރީގެ ކްލަސްޓާގެ ޖެނެރަލް މެނޭޖަރުކަން
2018 - ކޮމަންޑޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން
2018 - ކުޑަދޫ ރިސޯޓުގެ މެނޭޖަރުކަން
2017 - ހުރަވަޅި ރިސޯޓުގެ ޑިރެކްޓަ އޮޕަރޭޝަންސް
2015 - ޒާޔާ ނުރާއި އައިލެންޑް (ދުބާއީ)ގެ ރޫމް އޮޕަރޭޝަންސް މެނޭޖަރު
2014 - އަމިއްލަފުށި ރިސޯޓްގެ ފްރޮންޓް އޮފީސް މެނޭޖަރު
2013 - ވިލަމެންދޫ ރިސޯޓްގެ ޑިރެކްޓަ އޮޕަރޭޝަންސް
2002 - މީރު އައިލެންޑް ރިސޯޓްގެ ރިސެޕްޝަނުން ފެށިގެން ގޮސް ރޫމް ޑިވިޝަން މެނޭޖަރުކަން
ތަފާތު ކޮންސެޕްޓަކަށް ޗަމްޕާގެ އާ ރިސޯޓެއް ހުޅުވަނީ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!
އުއްޗު އާއި ޗަމްޕާ އަފީފަށް ސާޓާގެ އެވޯޑް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ދުރު އަތޮޅަށް ފްލައިޓް އިތުރު ކުރަންޖެހޭ: އެމްޔޫމަނިކު