ލޯނު ނުދެއްކިގެން އދ. ތެލުވެލިގާ ރިޓްރީޓް ރިސޯޓު ވިއްކާލަން ސިވިލް ކޯޓުން ތިންވަނަ ފަހަރަށް ބޭންކު އޮފް ސިލޯނަށް ހުއްދަ ދީފި އެވެ.
08 ޑިސެމްބަރ 2025
ލޯނު ނުދެއްކިގެން އދ. ތެލުވެލިގާ ރިޓްރީޓް ރިސޯޓު ވިއްކާލަން ސިވިލް ކޯޓުން ތިންވަނަ ފަހަރަށް ބޭންކު އޮފް ސިލޯނަށް ހުއްދަ ދީފި އެވެ.
ލޯނެއް ނުދެއްކިގެން ތެލުވެލިގާ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ފުރަތަމަ ދިނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ ފަހަރު ހުއްދަ ދިނީ ބީލަން ފެށޭ އަގެއްގެ ގޮތުގައި 21 މިލިއަން ޑޮލަރު ކަނޑައެޅުމަށް ފަހު، އެ ރިސޯޓް ވިއްކާލުމަށެވެ. ނަމަވެސް އެ އަގަށް އެ ރިސޯޓު ވިއްކައެއް ނުލެވުނެވެ.
އެހެންވެ، އަނެއްކާވެސް 21 މިލިއަން ޑޮލަރަށް އެ ރިސޯޓު ވިއްކާލަން އެއް މަސް ދުވަހުގެ މުއްދަތެއް ބޭންކް އޮފް ސިލޯނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުން ދިނެވެ. ނަމަވެސް، ސިވިލް ކޯޓުގެ އެ ނިންމުން ދައުވާ ލިބޭ ފަރާތްތަކުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެއާ އެކު، ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުމުން ހައި ކޯޓުން މި އަހަރުގެ ޖެނުއަރީ މަހު މަޑުޖެއްސުވި އެވެ.
ހައި ކޯޓުން ފަހުން އެ މައްސަލާގައި ގޮތެއް ނިންމާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެ ކޯޓުން ކަނޑައެޅީ ސިވިލް ކޯޓުން ނެރެފައި އޮތް ރަހުނު ވިއްކާލުމުގެ ހުއްދަ ބާތިލް ކުރަން ޖެހޭ ތަނެއް ނެތް ކަމަށެވެ.
އެހެންވެ، ބޭންކް އޮފް ސިލޯން އަނެއްކާވެސް ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، ރަހުނު ވިއްކުމުގެ ހުއްދަ އަލުން ދިނުމަށާއި ބީލަމުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި 9.9 މިލިއަން ޑޮލަރު ކަނޑައަޅައިދޭން އެދުނެވެ. ސިވިލް ކޯޓުގެ ފުރަތަމަ ހުއްދައިގެ ދަށުން، ރިސޯޓު ގަންނަން ހުށަހަޅާފައިވަނީ 9.9 މިލިއަން ޑޮލަރެވެ.
ނަމަވެސް، ރިސޯޓްގެ ވެރިފާރާތުން ކޯޓުގައި އެދިފައިވަނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާތީ، އެ ހައްގަށް ހުރަސްއެޅޭ އެއްވެސް ނިންމުމެއް ނުނިންމުމަށެވެ.
ސިވިލް ކޯޓުން ނިންމީ ބޭންކުން އެދުނު ގޮތަށް ރަހުނު ވިއްކުމުގެ ހުއްދަ ދިނުމަށެވެ. ބީލަމުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ވެސް ކަނޑައެޅީ 9.9 މިލިއަން ޑޮލަރެވެ. އެ އަަށް ވުރެ ދަށް ނޫން އަގެއްގައި ރިސޯޓް ވިއްކާލަން ތިން މަސް ދުވަސް ދިންއިރު ރަހުނު ވިއްކުމަށް ފަހު ލިބޭ ފައިސާ 10 ދުވަހުގެ ތެރޭގައި ކޯޓަށް ޖަމާކުރަން ވެސް އެންގި އެވެ.
އެ މުއްދަތުގައި ވެސް ރިސޯޓް ވިއްކާ ނުލެވިއްޖެ ނަމަ އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ތެލުވެލިގާ ރިޓްރީޓް ވިއްކާލަނީ ކާސްޓް އަވޭ މޯލްޑިވްސުން ބޭންކް އޮފް ސިލޯނުން ނެގި ލޯނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 9.1 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެ ލޯނަށް ގެރެންޓީ ދީފައިވަނީ ކުރީގެ ފިޝަރީޒް މިނިސްޓަރު ހުސައިން ހިލްމީ އެވެ.
ދިއްފުށީ ފަޅުގެ މަސައްކަތް ހުއްޓުވީ ރަނގަޅަށް:ހައިކޯޓް
އެރިޔަދޫ ވިއްކާލުން މަޑުޖައްސާލަން އެންގީ ރަނގަޅަށް
ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނަން: ހިލްޓަން
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން ކޯޓުން ނުހުއްޓުވި
ބޮޑުކާށިހުރާ ސަރުކާރުން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން
ކުރެދިފުށި ނުދިން މައްސަލާގައި ބަދަލު ދޭކަށް ނުޖެހުނު