މާލެ އިން މިއަދު ފެނާއި ކަރަންޓާއި މުވާސަލާތީ ހިދުމަތް ކެނޑުނު ހާދިސާއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ހުރީ އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
05 މާޗް 2017
މާލެ އިން މިއަދު ފެނާއި ކަރަންޓާއި މުވާސަލާތީ ހިދުމަތް ކެނޑުނު ހާދިސާއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ހުރީ އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ މާލެ އިން ކަރަންޓު ދާން މެދުވެރިވީ އެމްޑަބްލިއުއެސްސީއަށް ވަގުތީ ގޮތުން ކަރަންޓު ދޭންވެގެން ބަހައްޓާފައި ހުރި ސަބްސްޓޭޝަނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ގޮވުމާ ގުޅިގެން ކަމަށެވެ.
އެކަން ހައްލުކޮށް، ހުރިހާ ސަރަހައްދެއް އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް މިނިސްޓަރު މިރޭ ނުދެއްވަ އެވެ.
"ރައްޔިތުން ބޭނުންވާ ފަދަ އާންމު ހާލަތަކަށް މިހާރު ވަނީ ބަދަލުވެފައި،" ތޯރިގް ވިދާޅުވި އެވެ.
އެމްޑީޕީ ބަޔާނުގައި އޮތީ އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށާއި އެމްޑީޕީން މަސައްކަތް ކުރީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކުރި ބައެއް ކަންކަމާ ބެހޭ ގޮތުން މިނިސްޓަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެމްޑީޕީ ބަޔާނުގައިވަނީ މާލޭގެ ރައްޔިތުން، 2014 ވަނަ އަހަރު ފެނަށް ޖެހުމާ ގުޅިގެން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އުފެއްދި މާލޭ ވޯޓާ ކްރައިސިސް ފަންޑަށް ލިބުނު 107 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ވީ ގޮތް ސާފުކޮށްދޭން ގޮވާލައިފަ އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ މުހިންމު ވައުދަކީ މާލެ އާއި އަތޮޅުތެރޭގެ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ދިނުމެވެ. ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުން އެންމެ އިސްކަމެއް ދޭ އެއްކަމަކީ ތަމްރީން ލިބިފައި ތިބި މީހުން ތަންތަނަށް އައްޔަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މާލެއަށް ދިމާވެފައި އޮތް ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ސްޓެލްކޯގެ ޕަވާ ސިސްޓަމް އިތުރަށް އަޕްގްރޭޑްކޮށް މާލެއަށް އަށް މެގަވޮޓްގެ ޖެނަރޭޓަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކަރަންޓުގެ ފެންވަރު މަތިކުރުމަށް ސްޓެލްކޯ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ނަމުގައި ހިންގާ އެ މަޝްރޫއުގެ ދަށުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްގެން 50 މެގަވޮޓްގެ އިންޖީނުގެއެއް ގާއިމުކޮށް މާލެ އާއި ހުޅުމާލެ އަށް ކަރަންޓް ދިނުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
މުޅި މާލެ އިން މިއަދު މެންދުރު ފަހު ކަރަންޓާއި ފެން ކެނޑި އާންމުން ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު، މުޅި މާލެ އިން ފެނާއި ކަރަންޓު ނެތި ދެ ގަޑިއިރު ވަރު ހޭދަވި އެވެ. ހަމަ އެ ވަގުތު އިންޓަނެޓާއި ފޯނުގެ ގުޅުމަށް ވެސް ބުރޫ އެރި އެވެ.
ޗައިނާ އިން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކޮށްފި
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް
ވެރި ރަށް: ބެކަޕް ޕްލޭނެއް، ސިސްޓަމެެއް ނެތް؟
ހުރިހާ ކަމެއް ހުއްޓުމަކަށް: ވަރުގަދަ އިންޒާރެއް!
ކަރަންޓާއި ފެން ކެނޑި، ހާސް ކަމުގެ ތެރެއަށް
ރާއްޖޭގައި އޮޔާއި ރާޅުން ކަރަންޓު އުފެއްދޭތޯ ބަަލަނީ
އެމްޑީޕީން ކަރަންޓާ ގުޅޭ ވެރިންނާ ބައްދަލުކޮށްފި
ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން ކުރި ހޭދައެއް ނެތް
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ
"ޓެރިފް ރޭޓަށް ބަދަލު ގެނައީ އެންމެ ރަނގަޅު ވަގުތު"