09 ނޮވެމްބަރ 2024
މެންޗެސްޓާ (ނޮވެމްވަރު 9) - ކޮންމެވެސް ދުވަހަކުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމު ރަސްމީކޮށް އަދާކުރަން ބޭނުންވާކަން، އެ ކްލަބްގެ ވަގުތީ ކޯޗުގެ މަގާމުގައި ހުރި ރޫޑް ވެން ނިސްޓެރޫއީ ބުނެފި އެވެ.
މެންޗެސްޓާ (ނޮވެމްވަރު 9) - ކޮންމެވެސް ދުވަހަކުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމު ރަސްމީކޮށް އަދާކުރަން ބޭނުންވާކަން، އެ ކްލަބްގެ ވަގުތީ ކޯޗުގެ މަގާމުގައި ހުރި ރޫޑް ވެން ނިސްޓެރޫއީ ބުނެފި އެވެ.
ޔުނައިޓެޑްގެ ކުރީގެ ފޯވާޑަށް، ވަގުތީ ކޯޗުކަން ހަވާލު ކުރީ، ކުރިން ކޯޗުގެ މަގާމުގައ ހުރި އެރިކް ޓެން ހަގް، މިދިޔަ މަހު މަގާމުން ވަކި ކުރުމުންނެވެ.
ޓެން ހާގްގެ އެސިސްޓެންޓެއްގެ ގޮތުގައި އޭނާ ޓީމާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން މި ސީޒަން ފެށުމުގެ ކުރިންނެވެ. ނަމަވެސް އެ ޓީމުގެ ކޯޗުގެ މަގާމަށް ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޯރިމް އެވެ. ޔުނައިޓެޑާ، އަމޯރިމް ހަވާލު ވަނީ ސްޕޯޓިންގައި ވެސް އޭނާއާ އެކު މަސައްކަތް ކުރާ ކޯޗިން ޓީމާ އެކު އެވެ. ހޯމަ ދުވަހު އަމޯރިމްގެ ޓީމުން ޔުނައިޓެޑާ ހަވާލުވާނެ އެވެ.
ޕީއެސްވީގެ ކޯޗުކަމުގައި ނެދަލެންޑްސް ކަޕް އެ ކްލަބަށް ކާމިޔާބު ކޮށް ދިން ނިސްޓެރޫއީ ބުނީ ޔުނައިޓެޑް ފިޔަވައި އެހެން ޓީމެއްގައި އެސިސްޓެންޓް ކޯޗުކަން ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ. ހެޑް ކޯޗުގެ ގޮތުގައި ކުރިން މަސައްކަތް ކުރުމަށް ފަހު އެސިސްޓެންޓް ކޯޗުގެ ގޮތުގައި ޔުނައިޓެޑަށް އެނބުރި އައީ އެ ކްލަބުގެ ހެޑް ކޯޗުކަން ކޮންމެ ވެސް ދުވަހަކުން ކުރުމުގެ އުއްމީދުގައި ކަމަށެވެ.
""އާނ، ޔަގީނުން ވެސް. އަހަރެން ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް އަންނަން ނިންމިއިރު ވެސް ވިސްނަމުން އައީ މިކަމަށް،" ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ބޭނުން ވާކަން ހާމަ ކުރަމުން ނިސްޓެރޫއީ ބުންޏެވެ.
"އަހަރެންގެ ސާފު މަގްސަދަކީ ޔުނައިޓެޑް މެނޭޖް ކުރުން. އަހަރެން ނިންމީ އެސިސްޓެންޓެއްގެ ގޮތުގައި ދެ އަހަރަށް އެއްބަސް ވާން. އަހަރެން އަދިވެސް މި ހުރީ އެ މުއްދަތާ ހަމައަށް ކްލަބުގައި މަޑުކުރަން."
ވަގުތީ ކޯޗުކަމުގައި ނިސްޓެރޫއީ އާއެކު ޔުނައިޓެޑުން ވަނީ ތިން މެޗު ކުޅެފަ އެވެ. ދެ މެޗު ކާމިޔާބުކޮށް ދިނެވެ. އަނެއް މެޗުން އެއްވަރު ވީ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި ޔުނައިޓެޑުން ގްރީސްގެ ޕާއޯކް ބަލިކުރީ އަމަޑް ޑިއާލޯ ދެވަނަ ހާފުގައި ޖަހައިދިން ގޯލުތަކުން 2-0 އިންނެވެ. މިއީ ޔުނައިޓެޑުން އަހަރެއް ފަހުން ޔޫރަޕްގެ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.
ޔުނައިޓެޑާ އެކު 2026 އާ ހަމައަށް ނިސްޓެރޫއީގެ ކޮންޓްރެކްޓް އޮތް ނަމަވެސް، އާ ހެޑް ކޯޗު ރުބެން އަމޯރިމް ޓީމާ ގުޅޭ އިރު އޭނާގެ އެސިސްޓެންޓް ސްޓާފުން ވެސް ޓީމާ ގުޅޭ ގޮތަށް ހަމަޖެހިފައި ވުމުން ނިސްޓެރޫއީގެ މަގާމާ މެދު ވަނީ ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.
މާދަމާ ރޭ އޯލްޑް ޓްރަފޯޑްގައި ލެސްޓަ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗަކީ ވަގުތީ ކޯޗު ކަމުގައި ނިސްޓެރޫއީ ޓީމަށް އިރުޝާދު ދޭނެ ފަހު މެޗެވެ.
ވެން ނިސްޓެލްރޫއީ އަށް ފެނާންޑޭސްގެ ތައުރީފު
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޓެން ހަގްގެ ކިބައިން ބްރުނޯ މައާފަށް އެދިއްޖެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޔުނައިޓެޑްގައި ޓެންހަގަށްވެސް ނުވި، މަގާމުން ވަކިކޮށްފި
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ހަރަދު ކުޑަ ކުރަން ޔުނައިޓެޑަށް މަޖުބޫރު ވެއްޖެ
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް