މަތީ ދަރަޖަ އާއި ޝަރަފުގެ ވަނަތަކާ އެކު އެކި ގޮތްގޮތުން ރާއްޖެއަށް ފަހުރުވެރި ނަން ހޯދައި ދިން ފަރާތްތަކުގެ އަގު ވަޒަންކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިނާމު ދެއްވައިފި އެވެ.
10 ނޮވެމްބަރ 2024
މަތީ ދަރަޖަ އާއި ޝަރަފުގެ ވަނަތަކާ އެކު އެކި ގޮތްގޮތުން ރާއްޖެއަށް ފަހުރުވެރި ނަން ހޯދައި ދިން ފަރާތްތަކުގެ އަގު ވަޒަންކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިނާމު ދެއްވައިފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި އެންމެ ހާއްސަ އެވޯޑަކީ ރާއްޖޭގެ ތައުލީމަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ އެވޯޑެވެ. އެ އެވޯޑު ރައީސް އަރުވާފައި ވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި މިހާރުގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެއިނަށެވެ.
އެ ޖަލްސާގައި ވަނީ ރާއްޖެއިން ބޭރުގެ ގައުމުތަކާއި ރާއްޖޭގެ ޔުނިވާސިޓީތަކުގައި އެންމެ މަތީ ވަނަ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އެ ދަރިވަރުންނަށް ވެސް އެވޯޑު ދީފަ އެވެ.
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ފުރިހަމަކޮށްގެން އެ ހަފްލާގައި އެވޯޑު ލިބުނީ އެންމެ ދެ ބޭފުޅުންނަށެވެ. އެއީ މ. ގޯންލައިޓް، ޑރ. އައިޝަތު ޝިނާ އާއި ސ. ހުޅުދޫ، ހަދީޖާ ރަޝީދެވެ. އެ ދެ ބޭފުޅުން ވެސް ރާއްޖެއިން ބޭރުގައި ޕީއެޗްޑީ ހާސިލު ކުރެއްވިއިރު އެ ބޭފުޅުންގެ ތީސިސް ވަނީ ބޭރުގެ ޖާނަލްތަކުގައި އާންމުކޮށްފަ އެވެ.
އޭގެ އިތުރުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 އަދި 9 ފުރިހަމަކޮށްގެން ޝަރަފުވެރި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް މި ޖަލްސާގައި އެވޯޑު ދިނެވެ. މި އަހަރުގެ ހާއްސަ އިނާމު ލިބުނީ 40 ބޭފުޅަކަށެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވަނީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 53 ބޭފުޅަކަށް ވެސް އެވޯޑު ދެއްވައިފަ އެވެ. މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި 163 ބޭފުޅަކަށް އެ އެވޯޑު ދެއްވި އެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ ބޭފުޅުންނަށް ރައިސް އަރުވަނީ ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައިގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
ޖުމްހޫރީ ދުވަހު 130 ފަރާތަކަށް އިނާމު ދެނީ
މަތީ ދަރަޖައިގެ އިނާމަށް އަންނަ މަހު ހުޅުވާލަނީ
މުހިންމީ ވައުދުތަކުގެ ނަތީޖާ: ރައީސް
މާލޭގައި އުޅޭ އެންމެނަށް 15،000 ގޯތި ދެނީ
"2.0 އަކީ ކޮރަޕްޝަން ނައްތާލާ ބޮޑު މަސައްކަތް"
މުސާރައިގެ ކަންބޮޑުވުންތައް ހައްލުވާނެ: ރައީސް
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް
ސިއްހީ ދާއިރާއިން ޝަރަފްގެ އިނާމު މޫސާ އަންވަރަށް
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ސޯލިހަށް
ސިޔާސީ މީހުން ފަހައި ދުވާ މަންޒަރު ނުފެންނާނެ: ރައީސް