މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަން ނިންމައިފި އެވެ.
28 ޖުލައި 2024
މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ އިނާމަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހު އެކަކުން ސެޕްޓެމްބަރު 16 ގެ ނިޔަލަށް ކަމަށެވެ.
ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ނަން ހުށަހެޅޭ އެ އިނާމަށް ހަތަރު ދާއިރާތަކުން މި އަހަރު އިނާމު ދިނުމަށް ނިންމާފައި ވެ އެވެ. އެއީ:
1. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް އިނާމުދޭ ގިންތި.
2. ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެ ނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ މީހުންނަށް އިނާމުދޭ ގިންތި.
3. ރާއްޖެ އަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި.
4. ހުނަރުވެރި، ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީ އަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި.
އެ އިނާމު ދޭނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާ ބާއްވާނީ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.
މަތީ ދަރަޖަ ހޯދި ފަރާތްތަކަށް ރައީސް އިނާމު ދެއްވައިފި
ގައުމީ އިނާމު މި ފަހަރު 22 މީހަކަށް
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް
ތަރައްގީ އަކީ ސިޔާސީ ކަމެއް ނޫން: ރައީސް