Roadha Mihaaru

ޕިރަމިޑުން ދެނީ ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލައިގެން އައިފޯނެއް ހޯދުމުގެ ފުރުސަތު

ސްރީލަންކާގައި މަޝްހޫރު ރެވެލޯ ޗޮކްލެޓް ރާއްޖެއަށް ތައާރަފްކޮށް، އެ ޗޮކްލެޓުގެ ރަހަތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 ނޮވެމްބަރ 2024

ސްރީލަންކާގައި މަޝްހޫރު ރެވެލޯ ޗޮކްލެޓް ރާއްޖެއަށް ތައާރަފްކޮށް، އެ ޗޮކްލެޓުގެ ރަހަތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ހަރަކާތަކީ ރެވެލޯ ބްރޭންޑުގެ ޗޮކްލެޓް ރާއްޖެއަށް ތައާރަފްކުރާ ޕިރަމިޑުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު މާލޭގެ ރާޅުގަނޑު ސަރަހައްދުގަ އެވެ.

މި ހަރަކާތުގައި ރެވެލޯ ބްރޭންޑުގެ އެކި ފްލޭވާތަކުގެ ޗޮކްލެޓުގެ ރަހަތައް ހިލޭ ބަލާލެވޭނެ އެވެ. އަދި އެ ތަނުގައި ރެވެލޯ ބްރޭންޑުގެ ޗޮކްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ. އެ ތަނުން ޗޮކްލެޓު ގަންނަ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ބާއްވާނެ އެވެ. އަދި ލަކީޑްރޯއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 16އެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ރެވެލޯ ޗޮކްލެޓަށް ހާއްސަކޮށް ބާއްވާ މި ހަރަކާތުގައި "ޓުއިސްޓު އެންޑް ވިން"ގެ ނަމުގައި ހާއްސަ ގޭމެއް ކުރިއަށް ދާނެ އެވެ. މި ގޭމުން މޮޅުވާ ނަސީބުވެރި 10 ފަރާތަކަށް ރެވެލޯ ޗޮކްލެޓުގެ ހާއްސަ ގިފްޓް ހެމްޕާ ޕެކެއް ލިބޭނެ އެވެ.

ރެވެލޯ ޗޮކްލެޓަކީ ޗޮކްލެޓުގެ ގިނަ އުފެއްދުންތަކެއް އުފައްދާ އަދި ދިވެހިންގެ މެދުގައި ވެސް މަގުބޫލު މަންޗީސް ކުންފުނީގެ އުފެއްދުމެކެވެ. މި ކުންފުނިން ރެވެލޯ ބްރޭންޑަކީ ޕްރިމިއަމް ކޮލިޓީ ޗޮކްލެޓެއްގެ ގޮތުގައި ސިފަކުރެ އެވެ. މި ބްރޭންޑުގެ ޗޮކްލެޓުތަކުގެ ކޮލެޓީ ކަށަވަރު ކުރުމަށް ތާޒާ އިންގްރިޑިއަންޓްސް ބޭނުންކޮށްފައިވެ އެވެ. އަދި މި ޗޮކްލެޓް ތައްޔާރު ކޮށްފައި ވަނީ އެ ކުންފުންޏަށް ސަޕްލައިކުރާ 13000 ހާހަށްވުރެ ގިނަ ހޯމްގްރޯން ފާމާސް ކޮމިޔުނިޓީގެ އުފެއްދުތަކާއެކު ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ ކުންފުނީގެ ހުރިހާ ޕްރޮޑަކްޓްތަކަކީ ޕްރިމިއަމް ކޮލެޓީ އިންގްރިޑިއަންޓްސް ބޭނުންކޮށްގެން އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ރައްކާތެރިކަމާ އެކު ތައްޔާރުކުރާ އުފެއްދުންތަކެކެވެ.

ރާއްޖެއަށް މީގެ 30 ވަރަކަށް އަހަރު ކުރިން މަންޗީސްގެ އުފެެއްދުންތައް ތައާރަފްކޮށް ވިއްކަން ފެށި ޕިރަމިޑަކީ ރެވެލޯ ޗޮކްލެޓުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. ޕިރަމިޑުން ރާއްޖޭގައި މަންޗީ ބްރޭންޑުގެ އުފެއްދުންތަކުގެ އިތުރުން ޓުޑޭސް ޓޭސްޓް ސައިފަތާއި ޒީބާ ބާސްމަތީ ފަދަ ކޮލެޓީ ރަނގަޅު މޮޅު ޕްރޮޑަކްޓުތަކެއް ދަނީ ވިއްކަމުންނެވެ.