Roadha Mihaaru

ޗޮކްލެޓީ, ރަހަމީރު ރެވެލޯ ޗޮކްލެޓަށް އާއްމުންގެ ބޮޑު ތަރުހީބެއް!

ޕިރަމިޑުން ރާއްޖޭގެ މާކެޓަށް ދާދިފަހުން ނެރުނު ރެވެލޯ ޗޮކްލެޓުގެ ރަހަ ތަޖުރިބާކޮށްލުމަށް އިއްޔެ ހުޅުމާލޭގައި ބޭއްވި ހާއްސަ ހަރަކާތަށް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ޗޮކްލެޓީ, ރަހަމީރު ރެވެލޯ ޗޮކްލެޓަށް ބޮޑު ތަރުހީބެއް!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

15 ފެބުރުއަރީ 2025

ޕިރަމިޑުން ރާއްޖޭގެ މާކެޓަށް ދާދިފަހުން ނެރުނު ރެވެލޯ ޗޮކްލެޓުގެ ރަހަ ތަޖުރިބާކޮށްލުމަށް އިއްޔެ ހުޅުމާލޭގައި ބޭއްވި ހާއްސަ ހަރަކާތަށް އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

އެ ހަރަކާތަކީ "ޓުވިސްޓް އެންޑް ވިން" އާއި "ބެލޫން ޕޮޕް" ފަދަ މަޖާ ގޭމުތައް ހިމަނައިގެން ރެވެލޯ ޗޮކްލެޓުގެ ރަހައިގެ ފްރީ ސާމްޕްލިން އިވެންޓެއްގެ ގޮތުގައި ކުރިއަށް ދިޔަ ހަރަކާތެކެވެ. ހޫނު ތަރުހީބެއް ލިބުނު އެ ހަރަކާތަށް ޒިޔާރަތް ކުރި ގިނަ ބަޔަކު ވަނީ ޗޮކްލެޓުގެ ރަހަ ވަރަށް ހިތްގައިމު ކަމަށާއި އާއްމުކޮށް ނުފެންނަ އެކި ފްލޭވާތައް ލިބެން ހުރުމަކީ ޗޮކްލެޓު ތަފާތުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ރެވެލޯ ބްރޭންޑުގެ އެކި ފްލޭވާގެ ޗޮކްލެޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރެވެލޯ ބްރޭންޑުގެ އެކި ފްލޭވާގެ ޗޮކްލެޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ހަރަކާތުގައި މިހާރު ކުރިއަށް ދާ ރެވެލޯ ޗޮކްލެޓުގެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ. އެ އެ ޕްރޮމޯޝަނަކީ ނަސީބުވެރި އެއް ފަރާތަކަށް އައިފޯން 16އެއް ލިބޭ ޕްރޮމޯޝަނެކެވެ. ރެވެލޯގެ ޗޮކްލެޓް ހުންނަ ފިހާރަތަކުގެ ތެރެއިން ފިހާރައަކުން ޗޮކްލެޓު ގަތުމަށްފަހު, ޗޮކްލެޓު ބަހައްޓާފައި ހުންނަ ހަރުގަނޑުގައި ހަރުކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކުރުމުން ލިބޭ ގޫގުލް ފޯމް ފުރުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އެ ޕްރޮމޯޝަން އަންނަ މާޗް މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޕިރަމިޑު ހިންގާ އޭރީސް އެންޓަޕްރައިސްގެ މާކެޓިން މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު ނެރުނު މި ބްރޭންޑަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ކަމަށެވެ.

"ރެވެލޯ ބްރޭންޑުގެ ޗޮކްލެޓުތަކަކީ ވަރަށް ޗޮކްލެޓީ, ކޮކޯ ބަޓާގެ ޕަސަންޓޭޖު ބޮޑު ޗޮކްލެޓުތަކެއް. އެހެންވެ, އާޓިފިޝަލް ރަހަތައް ނުހިމަނާ ޗޮކްލެޓުގެ އަސްލު މުއްސަނދި ރަހަ މީގެން ތަޖުރިބާ ކުރެވޭނެ. މިހާރު މާކެޓަށް ނެރެފައިވާ މި ބްރޭންޑުގެ ހަ ފްލޭވާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ." އޭނާ ވިދާޅުވި އެވެ.

ރެވެލޯ ބްރޭންޑުގެ ދެ ސައިޒެއްގެ ޗޮކްލެޓު ވިއްކަ އެވެ. އޭގެ ތެރޭގައި 50 ގްރާމުގެ ޗޮކްލެޓަކީ ރިސޯޓު އަދި ގެސްޓް ހައުސްތަކުގެ މިނީ ބާތަކަށާއި ޓޭކްއަވޭތަކުގައި ވިއްކަން އެކަށީގެންވާ ރަނގަޅު ސައިޒެއްގެ ގޮތުގައި ޕިރަމިޑުން ފާހަގަކުރެ އެވެ. އަދި އެ ޗޮކްލެޓަކީ ޕްރިމިއަމް ބްރޭންޑެއްގެ ޗޮކްލެޓަކަށް ވުމުން, މިއީ އެ މާކެޓުތަކާ ގުޅޭނެ ބްރޭންޑެއްގެ ގޮތުގައި ސިފަކުރެ އެވެ.

ޓޭސްޓް ޓެސްޓިން އިވެންޓުގައި ޗޮކްލެޓު ރަހަ ބަލަން ސާމްޕަލްއެއް ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓޭސްޓް ޓެސްޓިން އިވެންޓުގައި ޗޮކްލެޓު ރަހަ ބަލަން ސާމްޕަލްއެއް ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރެވެލޯ ޗޮކްލެޓުގެ 100 ގްރާމުގެ ޗޮކްލެޓު ވެސް ހުރެ އެވެ. ދެ ސައިޒުގެ ވެސް ޖުމްލަ ހަ ފްލޭވަ މިހާރު ފިހާރަތަކުން ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިލްކާއި އާމަންޑާއި ފްރުޓް އެންޑް ނަޓްސްގެ އިތުރުން ހޭޒަލް ނަޓާއި ކްރިސްޕީޒް އަދި ކެޝޫ އެވެ.

އެ އިވެންޓުގައި 37 ރެސިޕީ ހިމެނޭ ކަލަންޑާ ފޮތެއް ވެސް ވަނީ ބަހާފަ އެވެ. އެ ފޮތަކީ ޕިރަމިޑުން ތައްޔާރުކޮށްފައިވާ ފޮތެކެވެ. ފޮތުގައި ޕިރަމިޑުން ޑިސްޓްރިބިއުޓްކުރާ މަންޗީ ބްރޭންޑުގެ ޗޮކްލެޓުތައް ބޭނުންކޮށްގެން ތައްޔާރު ކުރެވޭނެ ރެސިޕީތައް ހިމެނެ އެވެ.

ރެވެލޯ އިވްނެޓުގައި ޕިރަމިޑުން ބެހި ރެސިީ ފޮތް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރެވެލޯ އިވްނެޓުގައި ޕިރަމިޑުން ބެހި ރެސިީ ފޮތް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ރެވެލޯ" ޗޮކްލެޓަކީ ހައި ކޮލެޓީ ކޮކޯބަޓާ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ޗޮކްލެޓަކަށް ވުމުން މިއީ އާއްމުކޮށް ހުންނަ ޗޮކްލެޓުތަކަށް ވުރެ ރަހަމީރު އަދި ސްމޫތު ޗޮކްލެޓީ ރަހައެއް އެކުލެވޭ ޗޮކްލެޓުތަކެއް ކަމަށް ޕިރަމިޑުން ބުނެ އެވެ. "ރެވެލޯ ވަރަށް ޗޮކްލެޓީ" ޓެގްލައިނުގައި މި ޗޮކްލެޓް އެ ކުންފުނިން މާކެޓް ކުރަނީ ވެސް މި ޗޮކްލެޓަކީ ޕްރިމިއަމް އަދި ސްމޫތު އަދި ޗޮކްލެޓުގެ ރަހަ މުއްސަނދި ޗޮކްލެޓް ތަކަކަށްވުމުންނެވެ.

ރެވެލޯ ޗޮކްލެޓުގެ އެކި ސައިޒުތަކާއި ފްލޭވާތައް ހޯލްސޭލްކޮށް ޕިރަމިޑުން ލިބޭނެ އެވެ. ޕިރަމިޑުން މަސައްކަތް ކުރަނީ އާއްމުންގެ މެދުގައި މަގުބޫލު ރަހަތަކަށް ބަލައި ރެވެލޯގެ އިތުރު ފްލޭވާތައް ތައާރަފް ކުރުމަށެވެ.