ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
22 ނޮވެމްބަރ 2024
ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.
ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިގްތިސާދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީ އިން ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު، އިންޑިއާގެ މުދަލާއި ހިދުމަތް އިމްޕޯޓުކޮށް އެކްސްޕޯޓު ކުރުމުގައި ދިވެހި ރުފިޔާ އަދި އިންޑިއަން ރުފީ ބޭނުން ކުރެވޭނެ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި، އެ އެއްބަސްވުމުގެ ދަށުން އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދޭނެ އެވެ. އަދި އޭގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި ދެ ގައުމުގެ ފައިސާ ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވޭނެ އެވެ. ގައުމުގެތަކުގެ އަމިއްލަ ފައިސާ ބޭނުން ކުރެވޭ ގޮތްވުމުން ހަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވާނެ އެވެ.
އެ އެއްބަސްވުމާ އެކު އިންޑިއާއިން މުދާ އިމްޕޯޓުކޮށް، އެކްސްޕޯޓު ކުރާ އިރު ޑޮލަރަށް ބަރޯސާވާ ވަރު ކުޑަކުރެވޭނެ އެވެ.
ޑޮލަރު ފޮނުވުމުގައި ހައްލަކަށް އިންޑިއާއިން އެދިއްޖެ
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
ރިޒާވު ދަށްވީ ކަރެންސީ ސްވޮޕަށް ފައިސާ ދެއްކުމުން
ކުޅުދުއްފުއްޓަށް ޓުޓިކޮރިން އިން މުދާ ގެންދަން ފަށައިފި
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
ހަވާ އާއި ޖާފަތާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ ހާއްސަ މަންދޫބެއް