Roadha Mihaaru
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"

އާ ގަވައިދުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑު އުފެއްދޭނެ: ގަވަރުނަރު

01 އޮކްޓޯބަރ 2024

ފައިސާއާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ އެކު، ޓޫރިޒަމް ދާއިރާގައި ދިވެހި ރުފިޔާ އަށް ޑިމާންޑެއް އުފެއްދޭނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފައިސާއާ ބެހޭ ގަވައިދާއި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ އެކު، ޓޫރިޒަމް ދާއިރާގައި ދިވެހި ރުފިޔާ އަށް ޑިމާންޑެއް އުފެއްދޭނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ގަވަރުނަރު ވިދާޅުވީ، ލީގަލް ޓެންޑާ ނުވަތަ ދިވެހިން ބޭނުންކުރާ ފައިސާއަކީ ރުފިޔާ ކަމަށް ގާނޫނުގައި ލިޔެފައި އޮތަސް މިހާރު ކަންކަން ތަރުތީބު ކޮށްފައިވާ ގޮތުން ރުފިޔާގެ ބޭނުން އެހާ ވަރަށް ޓޫރިސްޓުންނަށް ނުކުރެވޭ ކަމަށެވެ.

"މިހާރު ރާއްޖެ އަށް ޓޫރިސްޓެއް އައިސްފައި، ދިވެހި ރުފިޔާއަކީ ކޯޗެއްކަން ނުފެނި މިދަނީ. އޭގެ ސަބަބުން ދިވެހި ރުފިޔާގެ ޑިމާންޑެއް ނެތް. އެ ބޭފުޅުން ސީދާކޮށް ޑިމާންޑެއް ނުކުރައްވާ. އެހެން ނަމަވެސް ހުރިހާ ގައުމަކުން ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މިއީ ކަން ހިނގާ ގޮތެއް ނޫން ކަން،" ގަވަރުނަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވިގޮތުގައި، ބޭންކުތަކަށް ޑޮލަރު އިތުރުކޮށް، އާ ގަވައިދުތަކުގެ ސަބަބުން ރުފިޔާގެ ޑިމާންޑު އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެ އެވެ.

އޭނާ ވިދާޅުވީ، މަނީ ޗޭންޖިން ގަވާއިދު އައުމުގެ ކުރިން ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ގަވާއިދާ ހިލާފަށް އެ ކަންކަން ކުރަމުން ދިޔަ ކަމަށެވެ.

"މަނީ ޗޭންޖިން ގަވައިދު ވެސް އޮންނަން ޖެހޭ އުސޫލަށް ފެއްޓުމަށްޓަކައި، މި އިސްލާހު ކުރެވިގެން މިދަނީ. އޭގެ ފައިސާއަކީ އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާގެ ބޮޑު އިންސައްތައެއް ބޭންކުތަކަށް ވަދެގެން ގޮސް އަޅުގަނޑުމެންގެ ރާއްޖޭގެ އިގްތިސާދު ބަރޯސާވާ، ޓޫރިޒަމްގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވިގެންވާ ގޮތަކަށް ލިބިގެން ދިއުން،" ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން މިރޭ އާންމުކުރި ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓުން އުޅަނދުތަކަށް ކޮންމެ މަހު އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކުތަކުގަިއ މާރުކުރަން ޖެހޭނެ އެވެ. ގެސްޓް ހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ވެސް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ

މުސްތަގްބަލުގައި ވެސް އަޅުގަނޑުމެން މި ގެންނަ ބަދަލުތައް ހެޔޮ ބަދަލަކަށް ވެގެން ދާނީ މެކްރޯ ފްރޭމްވޯކަށް ވެސް ބަދަލުތަކެއް އައިސްގެން. އޭގެ މާނައަކީ ހަމައެކަނި މަނިޓަރީ ޕޮލިސީ އަށް އަޅުގަނޑުމެން މިކުރާ ކަމަކުން ބަދަލުތަކެއް އެއްކޮށެއް ނާންނާނެއޭ. ފިސްކަލް ސިޔާސަތުތައް ވެސް ހާއްސަ ގޮތެއްގައި ސަރުކާރުން ރާވާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދަ ރިފޯމާއި ސަރުކާރު ކުންފުނިތަކަށް ގެންނަ ރިފޯމު ކުރަން ޖެހޭ،"--- ގަވަރުނަރު

މުނައްވަރު ވިދާޅުވީ، ކޮވިޑަށް ފަހު ސަރުކާރާއި ޓޫރިޒަމް ދާއިރާ އަށް ވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް ދިމާވި ކަމަށާއި އެހެންވެ، އޭރުގައި 8 ބިލިއަނެއްހާ ރުފިޔާ ޗާޕުކުރި ކަމަށެވެ.

ރުފިޔާތަކެއް ބަންޑެލި ޖަހާފައި: އާ ގަވައިދުން ދިވެހި ރުފިޔާ ޓޫރިޒަމް ދާއިރާގައި ޑިމާންޑެއް އުފެއްދޭނެ  -- ފައިލް ފޮޓޯ: މިހާރު

ރުފިޔާތަކެއް ބަންޑެލި ޖަހާފައި: އާ ގަވައިދުން ދިވެހި ރުފިޔާ ޓޫރިޒަމް ދާއިރާގައި ޑިމާންޑެއް އުފެއްދޭނެ -- ފައިލް ފޮޓޯ: މިހާރު

ޑޮލަރުގެ ޕްރެޝަރު އެހާ ބޮޑުވުމުގެ އެއް ސަބަބަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި މިހާރުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި، ދިވެހި ރުފިޔާގެ އެކްސެސްއެއް އިގުތިސާދުގައި ދައުރުވުމެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ އިތުރަށް އިގްތިސާދުގައި ދައުރުވަމުންދާ ކަމަށެވެ. އެކަން ހައްލު ކުރަން އަންނަ މަހު އެ ފައިސާ އަނބުރާ އެމްއެމްއޭ އަށް ނެގުމަށް އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށަން އެމްއެމްއޭގެ ބޯޑުން ވަނީ ނިންމައިފަ އވެ.

ގަވަރުނަރު ވިދާޅުވީ، އިގްތިސާދަށް ދިމާވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށް ލިބޭ އާމްދަނީއާ އެއްވަރަށް ހަރަދުތައް ހިފެހެއްޓެން ޖެހޭ ކަމަށެވެ. ދަރަނި ވެސް ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިގެން ނޫން ގޮތަކަށް މުޅި މައްސަލައަށް ޖުމްލަ ހައްލެއް ނުހޯދޭނެ ކަމަށް ވިދާޅުވި އެވެ.

"މުސްތަގްބަލުގައި ވެސް އަޅުގަނޑުމެން މި ގެންނަ ބަދަލުތައް ހެޔޮ ބަދަލަކަށް ވެގެން ދާނީ މެކްރޯ ފްރޭމްވޯކަށް ވެސް ބަދަލުތަކެއް އައިސްގެން. އޭގެ މާނައަކީ ހަމައެކަނި މަނިޓަރީ ޕޮލިސީ އަށް އަޅުގަނޑުމެން މިކުރާ ކަމަކުން ބަދަލުތަކެއް އެއްކޮށެއް ނާންނާނެއޭ،" ގަވަރުނަރު ވިދާޅުވި އެވެ.

"ފިސްކަލް ސިޔާސަތުތައް ވެސް ހާއްސަ ގޮތެއްގައި ސަރުކާރުން ރާވާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދަ ރިފޯމާއި ސަރުކާރު ކުންފުނިތަކަށް ގެންނަ ރިފޯމު ކުރަން ޖެހޭ."