"ވަން ޑިރެކްޝަން"ގެ ލަވަކިޔުންތެރިޔާ ލިއަމް ޕޭން މަރުވީ އޭނާ ހުރި ހޮޓަލުގެ ކޮޓަރީގެ ދޮރު ތަޅުލުމުން، އެ ކޮޓަރީގެ ބެލްކަނީން އޭނާ ތިރިއަށް ފައިބަން އުޅެނިކޮށް ވެއްޓިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ވަން ޑިރެކްޝަން"ގެ ލަވަކިޔުންތެރިޔާ ލިއަމް ޕޭން މަރުވީ އޭނާ ހުރި ހޮޓަލުގެ ކޮޓަރީގެ ދޮރު ތަޅުލުމުން، އެ ކޮޓަރީގެ ބެލްކަނީން އޭނާ ތިރިއަށް ފައިބަން އުޅެނިކޮށް ވެއްޓިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ލިއަމް މަރުވީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އަރިރެސްގައި ހުންނަ ހޮޓަލެއްގެ ތިންވަނަ ފުލޯއިން ވެއްޓިގެންނެވެ. އެއީ މިދިޔަ މަހު 16 ގަ އެވެ. މަރުވިތާ ގާތްގަނޑަކަށް މަސްދުވަސް ފަހުން އޭނާގެ ޖަނާޒާ ބޭއްވީ މިދިޔަ ހަފުތާގަ އެވެ.
ޓީއެމްޒީން ރިޕޯޓްކުރި ގޮތުގައި، ލިއަމް ބެލްކަނީން ތިރިއަށް ފައިބަން އުޅުނު މަންޒަރު ފެނުނު މީހަކު ވަނީ ފުލުހުންނަށް ބަޔާންދީފަ އެވެ. އޭނާ 911 އަށް ގުޅައިގެން ވެސް އެ މައުލޫމާތު އޭރު ފުލުހުންނާ ހިއްސާކުރި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ހޮޓަލުގެ ކޮޓަރީގައި ލިއަމް ތަޅުލީ އޭނާ މަސްތުވެގެން ހުރެ ކޮށްފާނެ ކަމެއްގެ ބިރަށް ކަމަށްވެ އެވެ. އެ ހާލަތުގައި ހުރެ ހޮޓަލުގެ ތަންތަނަށް ގެއްލުންދީފާނެ ކަމަށް ބަލައި، ކޮޓަރީގެ ބޭރުގައި ހުރި މޫނުބަލާ ލޯގަނޑެއް ވެސް ހޮޓަލުގެ ސްޓާފުން އެތަނުން ގެންދިޔަ ކަމަށްވެ އެވެ. އޭނާ ކޮޓަރީގައި ތަޅުލުމުން ބެލްކަނީން ތިރިއަށް ފައިބަން މަސައްކަތްކުރާނެ ކަން ހޮޓަލުގެ ސްޓާފުންނަށް އެނގި ތިބެ ވެސް އަޅާނުލި ކަމަށް ޓީއެމްޒީގެ ރިޕޯޓުގައި ބުންޏެވެ.
ލިއަމްގެ މަރާ ގުޅިގެން، އޭނާއަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި ބައިވެރިވި ތިން މީހަކަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ ހުރި ހޮޓަލުގެ ސްޓާފެއް ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ޑްރަގް ޑީލަރާއި އޭނާއާ ވަރަށް ގާތް މީހެކެވެ.
ލިއަމްގެ މަރަށް ފަހު ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، އޭނާ ވަނީ ކޮކެއިން އަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާ ހުރީ ވަރަށް ގިނައިން ރާ ބޮއެގެން ކަމާއި އެންޓިޑިޕްރެސެންޓް ބޭސްތަކެއް ވެސް ކައިގެންކަން ޓެސްޓުތަކުން ވަނީ އެނގިފަ އެވެ.
harry styles, louis tomlinson, zayn malik and niall horan arriving at liam payne’s funeral. pic.twitter.com/ifypeSIXdK
— 2000s (@PopCulture2000s) November 20, 2024
މިދިޔަ ހަފުތާގައި ބޭއްވި ލިއަމްގެ ޖަނާޒާގައި އޭނާއާ އެކު "ވަން ޑިރެކްޝަން"ގައި އުޅުނު ލަވަކިޔުންތެރިން ކަމަށްވާ ހޭރީ ސްޓައިލްސް، ލުއިސް ޓޮމްލިންސަން، ނައިލް ހޯރަން އަދި ޒެއިން މަލިކް ވެސް ބައިވެރިވި އެވެ.
"ވަން ޑިރެކްޝަން"ގެ ލިއަމް މަރުވެއްޖެ
"އެޓާނަލްސް" އިން ހެރީ ސްޓައިލްސް ވެސް ފެންނާނެ
"ވަން ޑިރެކްޝަން" ގެ ލިއަމް ކުރު ފިލްމަކަށް
"ލިޓްލް މާމެއިޑް" އިން ހެރީ ސްޓައިލްސް ފެނިދާނެ
ބޮންޑްގެ ރޯލަށް ހެރީ ސްޓައިލްސް ކިހިނެއް ވާނެ؟
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
ހެރިސަން ފޯޑް ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކުރަނީ
"ފެންޓާސްޓިކް ފޯ"ގެ ފުރަތަމަ ފެނިލުން
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް