Roadha Mihaaru
"އެޓާނަލްސް" އިން ހެރީ ސްޓައިލްސް ވެސް ފެންނާނެ

"އެޓާނަލްސް" އިން ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ވެސް ފެންނާނެ

21 އޮކްޓޯބަރ 2021

މާވެލް އާއި ޑިޒްނީގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" ބެލުންތެރިންނަށް ގެނެސްދޭން ކުޑަތަންވަމުން އަންނަނިކޮށް މީގެ ކާސްޓުން އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ވެސް ފެންނާނެކަން ކަށަވަރު ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާވެލް އާއި ޑިޒްނީގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" ބެލުންތެރިންނަށް ގެނެސްދޭން ކުޑަތަންވަމުން އަންނަނިކޮށް މީގެ ކާސްޓުން އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ވެސް ފެންނާނެކަން ކަށަވަރު ވެއްޖެ އެވެ.

މިކަން އެނގުމާ އެކު ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" އިން ވިދައިލި ފަންނާނުގެ ފޭނުން އަންނަނީ މިހާރު މާ ބޮޑަށް ވެސް "އެޓާނަލަސް" އަށް އިންތިޒާރުކުވޭ ކަމަށް ބުނެ ޓްވިޓާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. މިހާތަނަށް މި ފިލްމުގެ ކާސްޓާ ގުޅުވައިގެން ހެރީގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެ އެބެ. އެކަމަކު އޭ-ލިސްޓް ގިނަ ތަރިންތަކެއް ހިމެނޭ ފިލްމުން އޭނާ ފެނުން ވެގެން ދާނީ ވަރަށް ހާއްސަ ކަމަކަށް ކަމަށް ފޭނުން ބުނެ އެވެ.

އެޓާނަލްސް" އިން ހެރީ ފެންނާނެކަން ކަށަވަރު ވެފައިވާ އިރު، އެ ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައި އޭނާގެ ނަން ހިމަނާފައި އޮތީ ފިލްމު އިތުރު ކާސްޓުންގެ ތެރޭގަ އެވެ. އެހެންވެ އެއީ ކެމިއޯއެއް ނުވަތަ ހާއްސަ ފެނިލުމެކެވެ. ހެރީގެ ކެރެކްޓާ އަކީ އިރޯސް/ސްޓާފޮކްސް އެވެ.

އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑްސް އާއި ގޯލްޑެން ގްލޯބް އެވޯޑްސްގައި މޮޅު ޑައިރެކްޓަރުގެ މަގާމު ފިލްމު "ނޯމެޑްލޭންޑް" އިން ހޯދި ޗައިނާ އަށް އުފަން ކްލޯއީ ޒާއޯ ޑައިރެކްޓް ކޮށްފައިވާ "އެޓާނަލްސް" ގެ ކާސްޓްގައި އެންޖެލީނާ ޖޯލީ، ރިޗަޑް މެޑެން، ކިޓް ހެރިންޓަން، ސަލްމާން ހަޔޭކް، ގެމާ ޗަން، ކުމައިލް ނިއަންޖާނީ، ލޯރެން ރިޑްލޮފް، ލިއާ މެކްހިއު، ބެރީ ކިއޯގަން، ޑޮން ލީ، ހަރީޝް ޕަޓޭލް އަދި ބްރަޔަން ޓައިރީ ހެންރީ ހިމެނެ އެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ހެރީ އަކީ އެކްޓިން އަށް އާ މީހެއް ނޫނެވެ. މީގެ ކުރިން ވެސް 27 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ބޮޑު ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ކްރިސްޓޮފާ ނޯލަންގެ 2017 ގެ ދެވަނަ ބޮޑު ހަނގުރާމައިގެ ފިލްމު "ޑަންކާކް" އެވެ. ހެރީގެ އަތުގައި މިހާރު އިތުރު އެހެން ދެ ފިލްމެއް ވެސް އެބައޮތެވެ. އެއީ ސައިކޮލޮޖިކަލް ތުރިލާ "ޑޯންޓް ވޮރީ ޑާލިން" އާއި ރޮމޭންޓިކް ޑްރާމާ "މައި ޕޮލިސްމޭން" އެވެ.

ގިނަ ބަޔަކު މިހާރު ދެކެނީ "އެޓާނަލްސް" ގެ ރޯލަކުން ހެރީ ފެނުމަކީ ކުރިއަށް އޮތް ތަނުގައި އޭނާގެ ކެރެކްޓާ މާވެލް ޔުނިވާސްގެ އިތުރު އުދެއްދުންތަކަށް ދިރުން ގެނެސްދޭނެ ކެރެކްޓާއަކަށް ވާނެ ކަމަށެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ މަހުގެ 5 ގަ އެވެ.