27 ނޮވެމްބަރ 2024
އަންނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ގޮތަށް ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އުނި ކުރުމަށްފަހު އަދި 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަންނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ގޮތަށް ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އުނި ކުރުމަށްފަހު އަދި 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ މަޝްރޫއުތަކާ ގުޅޭ ތަފްސީލްތައް ދިނުމަށް ޝަރުތުކޮށެވެ.
ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އެހިއިރު، ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަންތައް އުނިކުރަން ހުށަހަޅުއްވައިފަ އެވެ. އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމުން މި އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
މި އިސްލާހާއެކު، އަންނަ އަހަރުގެ 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމާ ދެކޮޅަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު އަދަދެކެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.
• ޖުމްލަ ބަޖެޓް: 56.6 ބިލިއަން ރުފިޔާ
• އާމްދަނީ: 39.8 ބިލިއަން ރުފިޔާ
• ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
• ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ
• ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
• ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓް
- ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުން
- އަމަލީ މަސައްކަތް ނިންމާނެ ކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުން
- ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ހުށަހެޅުން.
- ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުން
ބަޖެޓް ކޮމެޓީން ދީފައިވާ އަނެއް ލަފައަކީ ޓެކްސް ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާ އިން އަޅާ ފިޔަވަޅުތައް މުރާޖައާކޮށް، ދިމާވާ ދަތިތައް ކުޑަ ކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމެވެ. އަދި ސަބްސިޑީ ޓާގެޓް ކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަން ތަންފީޒު ކުރާނެ ތާވަލެއް އެކުލަވާލުމަށްފަހު އެކަން މަޖިލީހަށް ފޮނުވަން ވެސް އެ ކޮމެޓީން ވަނީ ލަފާ ދީފަ އެވެ.
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
"ދަރުމަވަންތަ ބޭނުން ކުރަނީ ގެރެންޓީގެ އަގު ނެތުމުން"
ބަޖެޓުން 268 މިލިއަން ރުފިޔާ ހޯދަން އަމާޒު ހިފައިފި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!