ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް 100,000 ޑޮލަރު ހަދިޔާކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
27 ނޮވެމްބަރ 2024
ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް 100,000 ޑޮލަރު ހަދިޔާކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ ފައިސާ ހަވާލު ކުރުމަށް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އޮންލައިންކޮށް ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ފައިސާއާ ހަވާލުވާ ފަރާތުގެ ހައިސިއްޔަތުން ގަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުހައްމަދު އަލްއެމަދީ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށެވެ.
ޒަކާތު ފަންޑުން ގައްޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ހަދިޔާކުރަން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެ ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ 100,000 ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މީގެ ކުރިން ވަނީ ޓެލެތޯނެއް ވެސް ބާއްވައިފަ އެވެ. އެ ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވަނީ ފަލަސްތީން ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ.
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"
އަސްކޮއިއިން ފައިސާ ނަގައި އުމްރާއަކަށް ނުގެންދިޔަ
ބޮޑެތި ބަލިތަކުގެ ފަގީރުންނަށް އިންޝުއަރެންސް ދެނީ
ހައްޖާއި އުމްރާގެ މައުލޫމާތު ފަސޭހައިން ލިބޭ އެޕެއް
ގުރުއާން ކްލާސްރޫމު ހިމެނޭހެން ވިލިމާލޭގައި މިސްކިތެއް
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
މޯލްޑިވިއަން އެއާލައިންގައި ދިވެހިން ހައްޖަށް
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
މައްކާ ރޫޓް އިފްތިތާހުކުރަން ސައުދީގެ ވަފުދު ރާއްޖެއަށް