އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފަ އެވެ.
އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފަ އެވެ.
މިކަން ހިނގާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު މީހާގެ އައިޑެންޓިޓީ ހާމަވެދާނެތީ، ފުލުހުން ގިނަ ތަފުސީލުތައް ހާމައެއް ނުކުރެ އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު، އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާ އަށް ބަޔަކު ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
މިފަދަ މައްސަލައެއް މީގެ މަސްތަކެއް ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވެނީ ކުޑަ އަންހެންކުއްޖަކު ހައްދާލައިގެން ގެންގޮސް އެ ކުއްޖާ އަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ އެވެ. އެ ތުހުމަތު ވެސް ކުރެވުނީ އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކަށެވެ.
ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު މަންމައަކަށް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ޓެކްސީ ޑްރައިވަރެއްގެ ޖިންސީގޯނާގެ މައްސަލައެއް ބަލަނީ
ތުއްތުކުއްޖާއާ ބެހުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ އާންމުކޮށްފި
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ސަނީ އުމަރުގެ މައްސަލަ އާއިލާގެ ފަރާތުން ޕޮލިހަށް
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ