ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެ ކުއްޖާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
30 ނޮވެމްބަރ 2025
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެ ކުއްޖާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލަ ހުށަހެޅީ ކުއްޖާގެ އާއިލާގެ ފަރާތުންނެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުގެ ކުރިން ފުލުހުން އިއްޔެ ބުނި ގޮތުގައި، ސަނީ އުމަރަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅޭ މައްސަލަތަކެއް އެ އިދާރާގެ ސަމާލުކަމަށް އައުމާ އެކު، އެކަން އަންނަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާއަށް ފެންމަތިވެފައިވާ އެ މައްސަލާގައި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ސަނީ އުމަރު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު އޭނާ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ދަ ޓްރެވެލް ގައިސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޓްރެވެލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ޓްރެލް ގައިސް އިން ބުންޏެވެ.
އެ މީޑިއާ ހިންގުމުގައި ސަނީ އުމަރު ބައިވެރިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ޓްރެވެލް ގައިސްގެ ބަޔާނުގައި ބުންޏެވެ.
"ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މިފަދަ އެންމެހާ ނުރަނގަޅު އަމަލުތަކާ ޓްވެލް ގައިސް އިން ދެކޮޅު ހަދަ އެވެ. އެ ތުހުމަތުތަކަކީ ވަރަށް ސީރިއަސް އަދި ސަނީ އުމަރަށް ކުރެވޭ ފަރުދީ ތުހުމަތުތަކެކެވެ،" ޓްރެވެލް ގައިސްގެ ބަޔާނުގައި ވެ އެވެ.
އެއީ ޓްވެލޫޝަންގެ އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި މީހުންގެ އިއްޒަތާއި ކަރާމަތަކީ އެ މީޑިއާ އޮޕަރޭޓްކުރުމުގައި އެންމެ އިސްކަންދޭ ކަންތައްތައް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ކުއްޖަކާ ބެހުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ދަރިފުޅަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު މަންމައަކަށް
ޖިންސީ ގޯނާގެ ތުހުމަތުވާ ދިވެހި ޓީޗަރު ބަންދަށް
ކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ