ސްޓެލްކޯ އިން މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތަށް އެ ކުންފުނިން ނުކުމެއްޖެ އެވެ.
01 ޑިސެމްބަރ 2024
ސްޓެލްކޯ އިން މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތަށް އެ ކުންފުނިން ނުކުމެއްޖެ އެވެ.
އިއްޔެ ފެށި ސްޓެލްކޯގެ "'ޗާލު ވެށި - މަގޭ ޒިންމާ" ހަރަކާތް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމެވެ.
ސްޓެލްކޯއިން ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ހަރަކާތުގައި މާލޭގެ މޭޔަރުު އާދަމް އާޒިމް ސާފު ކުރައްވަނީ.-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ބުނީ އެ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި ސާފު ކުރާނެ ކަމަށެވެ.
އިއްޔެ އެ ހަރަކާތް ފެށީ ސްޓެލްކޯ ހެޑް އޮފީސް ކުރިމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި ހަރުކޮށްފައި ހުރި އިޝްތިހާރުތައް ނައްޓައިގެންނެވެ.
ސްޓެލްކޯއިން ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ހަރަކާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސާފު ކުރައްވަނީ.-- ފޮޓޯ: ސްޓެލްކޯ
މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެއާ އެކު ސްޓެލްކޯއިން 35 ރަށުގައި ހިދުމަތްދެ އެވެ. އެ ކުންފުނިން ބުނީ އަތޮޅުތަކުގެ ރަށްތަކުގެ ސަބްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ވެސް ސާފުކޮށް ބަލަހައްޓާނެ ކަމަށެވެ.
އެކިއެކި އިންތިހާބުތަކުގެ ކެމްޕޭން ޕޯސްޓަރުތަކާއި އިޝްތިހާރުތަކުން ކަރަންޓު ބޯޑުތައް ހުންނަނީ ވަރަށް ހަޑިވެފަ އެވެ.
ޕީކް ސީޒަނަށް ހުޅުމާލޭގައި ދެ ތެޔޮ ޓޭންކް ބަހައްޓަނީ
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްފި
ރާޅުން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް
ސްޓެލްކޯއިން މެކޭނިކަލް ޓްރެއިނިން ސެންޓަރެއް އަޅަނީ
އީވީ ސްޓޭޝަނުން އެއްފަހަރާ 8 އުޅަނދު ޗާޖު ކުރެވޭނެ
ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަނީ