ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝިއަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު ދައުލަތަށް ފައިދާ ނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ.
އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ހައި ކޯޓުގައި ފުރަތަމަ އޮއްވާ އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާތީ ކަމަށް ބުނެ އެވެ.
ދެވަނަ ފަހަރު އެ މައްސަލަ ދައުލަތުން ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެހެންވެ، އެ ނިންމުން ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލްކުރަން ޖެހޭ ތަނެއް ނެތް ކަމަށެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އަޣުލަބިއްޔަތުންނެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ މައްސަލަ ބަލައިގަންނަންޖެހޭ ކަމަށެވެ.
ޖިހާދުގެ މައްސަލާގައި ދައުލަތުން ހައި ކޯޓުގައި އެދިފައި އޮތީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަމުރުކޮށް ދިނުމަށެވެ.
ޖިހާދުގެ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓް
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ޖިހާދުގެ މައްސަލަ ހައި ކޯޓުން އެންމެފަހުން ބަލައިގެންފި
ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
ޖިހާދުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ހުށަހަޅަނީ
ޖިހާދުގެ މައްސަލަ ނުބަލަން ހައި ކޯޓުން ނިންމައިފި
ޖިހާދުގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި
ޖިހާދުގެ މައްސަލަ ހައި ކޯޓުން އަނބުރާ ފޮނުވާލައިފި
ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޖިހާދުގެ މައްސަލަ އިސްތިއުނާފް ކުރަން ގޮތެއް ނިންމަނީ