ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ހިލޭ ދޫކުރި 1،351 ގޯތީގެ އަގު 5.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
04 ޑިސެމްބަރ 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ހިލޭ ދޫކުރި 1،351 ގޯތީގެ އަގު 5.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން 5.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ އިރު މިހާ ހިސާބަށް އޭގެ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމަށެވެ.
"5.4 ބިލިއަން ރުފިޔާ އަކީ ބިންވެރިޔާ ސްކީމުގެ ކޮމްޕެންސޭޝަނެއްގެ ގޮތުގައި ހުށަހަޅައިގެން އުޅޭ އަގެއް. ސަރުކާރުން އެ [ގޯތި] ދެއްވާފައި ހުރި އިރު ހުޅުމާލެއިން 5.4 ބިލިއަންގެ އިތުން ތިން ވަނަ ފިޔަވަހި ހިއްކާ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ހިލޭ ދޫކުރި ގޯތީގެ ތެރެއިން އެޗްޑީސީގެ އިހުތިސާސްގައި ހިމެނޭ ބިންތަކުން ދިން ގޯތީގެ ބަދަލުގައި އެ ކުންފުންޏަށް މާލެ އަތޮޅުން ދެ ފަޅު ދޭން ވެސް ކުރިން އެއްބަސްވެފައިވެ އެވެ. އެ ދެ ފަޅުގެ އިތުރުން ގާތްގަނޑަކަށް 7.9 މިލިއަން ރުފިޔާ ވެސް ސަރުކާރުން ދޭން އޭރު އޮތީ އެއްބަސްވެފަ އެވެ.
މިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުން ބިންވެރިޔާ ސްކީމަށް 18،955 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޭއިރު ހުޅުމާލެ އިން 1،351 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކޮށްފަ އެވެ.
އެޗްޑީސީގެ 34 މިލިއަން ޑޮލަރުގެ ލޯނަށް ގެރެންޓީ ދީފި
އެޗްޑީސީން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދީފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
އެމްޑަބްލިއުއެސްސީން ފަޒީލް ސަސްޕެންޑްކޮށްފި
ފަޒީލް އަށް ގޯތި ހައްގު ނޫނަސް ވަށާފާރު ހުރީ ރާނާފައި
ފަޒުލް އާއި އެޗްޑީސީގެ ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފި
ފަޒުލް ބެލީ ހައުސިންގެ ތެރެއިން މައްސަލަ ހައްލުކުރަން