ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން އެޗްޑީސީން މިދިޔަ އާދިއްތަ ދުވަހު ވަކިކުރި 15 މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަ ކުރުމަށް ފަހު، ސަސްޕެންޑްކޮށްފި އެވެ.
25 ޑިސެމްބަރ 2024
ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން އެޗްޑީސީން މިދިޔަ އާދިއްތަ ދުވަހު ވަކިކުރި 15 މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަ ކުރުމަށް ފަހު، ސަސްޕެންޑްކޮށްފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ، އެޗްޑީސީގެ އިސް މެނޭޖްމަންޓުގައި ހިމެނޭ ބައެއް މުވައްޒަފުންނާ އެކު، ވަކިކުރި އެންމެންނަށް އަލުން ވަޒީފާ ހަމަޖައްސާފައިވާ ކަމަށެވެ.
"އެ މީހުން މިހާރު ސަސްޕެންޝަނެއްގައި ތިއްބަސް މިހާރު ބަލަމުންދާ ކަންކަމާ ގުޅުން ނެތް މުވައްޒަފުންގެ ސަސްޕެންޝަން ދާނީ އުވާލަމުން. ގުޅުން އޮތް މީހުންނާ މެދު ވެސް އަޅަން ޖެހޭ ފިޔަަޅުތައް ކުރިއަށް ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަލުން ވަޒީފާ ދިން މުވައްޒަފުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން ވެސް ހިމެނެ އެވެ.
ވަކިކުރި 15 މުވައްޒަފުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެންނަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުންނެވެ
އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) "މިހާރު" އަށް ކުރިން ވިދާޅުވީ، ތަހުގީގަށް ފަހިވާ ގޮތަށް އެޗްޑީސީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަަމަށެވެ. އެހެންވެ، ފުލުހުންނާއި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ މަރުހަލާ އަށް ފަހިވާ ގޮތަށް އެ ކުންފުނީގެ އެތެރޭގެ ކަންކަން ވެސް ބައްޓަން ކުރަމުން އަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކުރުމާ އެކު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ އާދިއްތަ ދުވަހު އައްޔަން ކުރެއްވީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލެވެ.
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
ފަޒުލްގެ ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި
ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އެޗްޑީސީން އުވާލައިފި
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފަޒުލް ގެއިން ފެނުން ފައިސާއާ ބަޔަކު ހަވާލުވެއްޖެ!
ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި