އއ. މަތިވެރީ ފަޅު ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
08 ޑިސެމްބަރ 2024
އއ. މަތިވެރީ ފަޅު ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށް ރައީސް ވިދަޅުވި އެވެ.
"އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގައި އެންމެ ފުރަތަމަ އަޅާ އެއާޕޯޓުތަކުގެ ތެރޭގައި މި ރަށުގައި [މަތިވެރީގައި] އެއާޕޯޓު އެޅުން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.
އެ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ވިދާޅުވީ އެއާޕޯޓަކީ އެ ރަށުގެ ރައްޔިތުން ވަރަށް ގިނަ ދުވަސް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
ރަށުގެ ކައުންސިލާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި، އެ ރަށުގެ ފަޅު ހިއްކައިގެން އެއާޕޯޓެއް އަޅައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
ކައުންސިލްތަކާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުރިހާ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރަން، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުންނެވެ. ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ވާނީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ފާސްކުރީ ރައްޔިތުންގެ އަތަށް ބާރުލިބޭ އިސްލާހުތަކެއް"
އާސަންދަ އާއި ސަބްސިޑީ ކަނޑައެއް ނުލާނަން: ރައީސް
ފަހު 10 އާ އެކު 15 ދުވަހުގެ ބޮޑު ބަންދެއް!
އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ ކުށްވެރިކޮށްފި
ޕީސީބީގެ ރައީސަކަށް އަނަސް އައްޔަންކުރައްވައިފި
ޓާމިނަލް ބޭނުންކުރަން ހަތް ފަރާތަކުން ޝައުގުވެރިކަން
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
ސުޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލު އަނބުރާ މަޖިލީހަށް
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ