މީހުން މެރުމާއި ސީރިއަސް މާރާމާރީތަކާއި ގޯތިގެދޮރަށް ވަދެ ވައްކަންކުރުން ފަދަ ކުށްތައް ސާބިތުވެއްޖެ ނަމަ އުމުރުން 10 އަހަރުގެ ކުދިންނަށް ވެސް ބޮޑެތި މީހުންނަށް ދޭ ވަރުގެ ޖަލު އަދަބުތައް ދެވޭ ގޮތަށް އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ސްޓޭޓްގައި ގާނޫނެއް ފާސްކޮށްފި އެވެ.
މީހުން މެރުމާއި ސީރިއަސް މާރާމާރީތަކާއި ގޯތިގެދޮރަށް ވަދެ ވައްކަންކުރުން ފަދަ ކުށްތައް ސާބިތުވެއްޖެ ނަމަ އުމުރުން 10 އަހަރުގެ ކުދިންނަށް ވެސް ބޮޑެތި މީހުންނަށް ދޭ ވަރުގެ ޖަލު އަދަބުތައް ދެވޭ ގޮތަށް އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ސްޓޭޓްގައި ގާނޫނެއް ފާސްކޮށްފި އެވެ.
ސަރުކާރުން ބުނީ މިއީ ކުށް ކުރާ ކުޑަކުދިން ގިނަވެ އާންމުންގެ ނުރުހުން ބޮޑުވެފައި ވާތީ އާއި ކުޑަކުދިން ކުށްތަކާ ދުރުކުރުވުމަށް ބާރު އެޅުމުގެ ގޮތުން ހެދި ގާނޫނުތަކެއް ކަމަށެވެ.
ނަމަވެސް ހަރުކަށި އަދަބު ދިނުމަކީ ކުޑަކުދިން ކުށަށް އަރައިގަތުމާ ދުރުވާ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އިތުރަށް ގޯސްވެދާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މިއީ ކުޑަކުދިންގެ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ގާނޫނުތަކެއް ކަމަށް ބުނެ އދ. އިން ވެސް ވަނީ އެ އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ސްޓޭޓް އިންތިހާބު ކާމިޔާބުކުރި ލިބަރަލް ނޭޝަނަލް ޕާޓީ (އެލްއެންޕީ) އިން ވަނީ މިއީ "ކުށްވެރިންގެ ހައްގުތަކަށް" ވުރެ "އަނިޔާ ލިބޭ މީހުންގެ ހައްގުތައް" އިސްކުރާ އުސޫލެއް ކަމަށް ބުނެ މިކަން ޕާޓީގެ ކެމްޕެއިންގައި ވަރަށް ބޮޑަށް ބޭނުންކޮށްފަ އެވެ.
"މިއީ އަޅުގަނޑުމެންގެ ސްޓޭޓްގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ ޖަރީމާތަކުގެ ޝިކާރައަކަށްވެފައިވާ، އަމާންކަމުގެ އިހުސާސް ގެއްލިފައިވާ ކޮންމެ ރައްޔިތަކަށް ވެސް ހާއްސަ ގާނޫނުތަކެއް،" ޕާލަމެންޓުން މިދިޔަ ބުރާސްފަތި ދުވަހު އެ ބިލު ފާސްކުރެއްވުމަށް ފަހު ބޮޑުވަޒީރު ޑޭވިޑް ކްރިސަފުލީ ވިދާޅުވި އެވެ.
ވޯޓަށް އެހުމުގެ ކުރިން ސިޔާސީ މައި ދެ ޕާޓީގެ މީހުން ވެސް ބުނަމުން ދިޔައީ ކުއީންސްލޭންޑް އޮތީ ޒުވާނުންގެ ކުށުގެ ރާޅެއްގެ ތެރޭގައި ކަމަށާއި އެކަމާ ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް އަދަބު ދިނުމުގެ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެވެ.
ނަމަވެސް އޮސްޓްރޭލިއާގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ކުއީންސްލޭންޑްގައި ޒުވާނުންގެ ކުށްތައް ދެބައިކުޅަ އެއްބަޔަށް ދަށަށް ގޮސްފައިވެ އެވެ. އަދި 2022 ވަނަ އަހަރަކީ ރެކޯޑް ކުރެވިފައިވާ ތާރީހުގައި ވެސް ކުށުގެ ރޭޓް އެންމެ ދަށް އަހަރަށް ވަނީ ވެފަ އެވެ. އެ ދަށްވުން އަދިވެސް އޮތީ ހިފެހެއްޓިފަ އެވެ.
ކުއީންސްލޭންޑް ފުލުހުންނާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ކްރިމިނޮލޮޖީގެ ތަފާސް ހިސާބުތަކުން ވެސް ފެންނަނީ ޒުވާނުންގެ ކުށްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މަންޒަރެކެވެ.
ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއް ބަލަނީ
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
ގާޒީ ސުވާލުން މައްސަލަ ބޮޑުވި ހުކުމް އިސްތިއުނާފުކުރަނީ
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ނުރައްކާތެރި ކުށްކުރާ ޖީލެއް: ބަލަން ތިބެންވީތަ؟!
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކުއްޖަކު އެއްލާލި މައްސަލަ ކުރިއަށް ގެންދަން ނިންމައިފި
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް