"ދަ ސަބަރްމަތީ ރިޕޯޓް" ބަލާފައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރޮވުނު ކަމަށް އެ ފިލްމުގެ ލީޑު އެކްޓަރު ވިކްރާންތު މަސީ ބުނެފި އެވެ.
"ދަ ސަބަރްމަތީ ރިޕޯޓް" ބަލާފައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރޮވުނު ކަމަށް އެ ފިލްމުގެ ލީޑު އެކްޓަރު ވިކްރާންތު މަސީ ބުނެފި އެވެ.
މޯދީއަށް އެ ފިލްމު ދައްކާލުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އޮޑިޓޯރިއަމްގައި މި މަހު ކުރީކޮޅުގައި ވަނީ ހާއްސަ ސްކްރީނިންނެއް ބާއްވައިފަ އެވެ. އެ ހަފުލާއަށް މޯދީގެ ކެބިނެޓް މިނިސްޓަރުންނާއި ބައެއް މަޖިލިސް މެމްބަރުން ވެސް ވަޑައިގަތެވެ.
އެ ފިލްމު ސިމަނާތަކުގައި ދައްކަން ފެށީ އިއްޔެ އެވެ.
"ދަ ސަބަރްމަތީ ރިޕޯޓް" އަކީ 2002 ވަނަ އަހަރު އިންޑިއާގައި ގުޖުރާތުގެ ހިސާބެއްގައި ރޭލެއް އަނދާލި ހާދިސާއަކާ ގުޅޭ ގޮތުން ނޫސްވެރިންތަކެއް ކުރާ ތަހުގީގެއް ދައްކާ ފިލްމެކެވެ.
PM Narendra Modi went to see "The Sabarmati Report" along with members of his Cabinet and the cast of the film. Vikrant Massey calls it highest point of his career. #sabarmatireport #narendramodi #cnbctv18digital #career #film #vikrantmassey pic.twitter.com/Cov1evC2oS
— CNBC-TV18 (@CNBCTV18News) December 2, 2024
ވިކްރާންތު ޓައިމްސް ނެޓްވޯކް އިންޑިއާގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، އޭނާގެ ފިލްމު ބަލައިފައި މޯދީއަށް ރޮވުނެވެ. އަދި އެ ދުވަހު މޯދީއާ އެކު ދެކެވުނު ވާހަކަތައް ވެސް އޭނާ އެ ޕްރޮގްރާމްގައި ހިއްސާކުރި އެވެ.
"މޯދީއަށް ވަރަށް ކަމުދިޔަ މި ފިލްމު އަދި އަހަރެމެން ކޮށްފައި ހުރި މަސައްކަތް. ފިލްމު ބެލިއިރުގައި އަޅުގަނޑުމެން ދެމީހުންނަށް ވެސް ވަރަށް އަސަރުކުރި. އެ ބޭފުޅާ [މޯދީ] ހުންނެވީ ފެންކަޅިވެފައި. ވަރަށް އުފާވޭ މޯދީއަށް މި ފިލްމު ކަމުދިޔާމަ،" ވިކްރާތު ބުންޏެވެ.
ވިކްރާންތު ބުނީ އޭނާގެ ފިލްމު ވަރަށް ކަމުދިޔަ ވާހަކަ މޯދީ ވިދާޅުވުމުން ވަރަށް އުފާކުރާ ކަމަށާއި މުޅި އުމުރަށް އެ ދުވަސް ހަނދާން އާކުރާނެ ކަމަށެވެ.
"އަހަރެންގެ ކާފަ ދަރިންނަށް ވެސް އަންގާނެ، ގައުމުގެ ބޮޑުވަޒީރަށް އަހަރެންގެ ނަން އެނގޭ ކަމާއި އަހަރެންގެ ފިލްމު ވެސް ބެއްލެވިކަން. އަދި އަހަންނަކީ މޮޅު އެކްޓަރެއް ކަމަށް ގަބޫލުކުރައްވާކަން،" ވިކްރާންތު ބުންޏެވެ.
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ދަރޭ ނެތަސް "އަޕްނޭ 2" ގެނެސްދޭނެ: ޕްރޮޑިއުސަރު
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟
ޝާހުގެ "ކިންގް"ގެ ފުރަތަމަ ޓީޒާ ނެރެފި
ފިލްމު "ހައްގު"އަށް ފުރައްސާރައިގެ ތުހުމަތު
ކާތިކްގެ "ނާގްޒިއްލާ" ގެނެސްދެނީ އަންނަ އަހަރު
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް