ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ ކަމަށް ބުނެ ގަލްފުގެ ގައުމުތަކުގައި ބޮލީވުޑްގެ ފިލްމު "ދުރަންދަރު" ދެއްކުން މަނާކޮށްފި އެވެ.
ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ ކަމަށް ބުނެ ގަލްފުގެ ގައުމުތަކުގައި ބޮލީވުޑްގެ ފިލްމު "ދުރަންދަރު" ދެއްކުން މަނާކޮށްފި އެވެ.
ގަލްފުގެ ގައުމުތަކުގެ އެކި ނޫސްތަކުގައި ބުނީ ބަހުރެއިން، ކުވެއިތު، ސައުދި އަރަބިއްޔާ، އޮމާން، ގަތަރު އަދި ޔޫއޭއީގައި "ދުރަންދަރު" ދެއްކުން މަނާކޮށްފައިވާ ކަމަށެވެ. ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ މަންޒަރުތަކެއް "ދުރަންދަރު"ގައި ހުރި ކަމަށް އެ ގައުމުތަކުގެ ފިލްމު ސެޓިފިކޭޝަން ބޯޑުން ނިންމާފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.
ގަލްފުގެ ގައުމުތަކުން މީގެ ކުރިން ވެސް ވަނީ ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ ކަމަށް ބުނެ އިންޑިއާގެ ބައެއް ފިލްމުތައް އެ ގައުމުތަކުގައި ދެއްކުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި "ދަ ކަޝްމީރް ފައިލްސް" އާއި "އާޓިކަލް 370" އަދި "ޓައިގާ 3" ކަހަލަ ފިލްމުތައް ހިމެނެ އެވެ.
ގަލްފުގެ ގައުމުތަކުގައި "ދުރަންދަރު" ދެއްކުން މަނާކުރި އިރު، މި ފިލްމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ އާންމުންގެ މެދުގައި ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވެސް ދަނީ ހިނގަމުންނެވެ.
މި މަހު ފަހަކުން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު"އަށް ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް މިހާރު ވަނީ ލިބިފަ އެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު، އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ދެކުނު އިންޑިއާގެ އެކްޓްރެސް ސާރާ އަރްޖުނެވެ. ސާރާއަކީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ރާޖާ އަރްޖުންގެ ދަރިފުޅެވެ.
ރަންވީރާއި ސާރާ އަދި އަކްޝޭގެ އިތުރުން އެ ފިލްމުގައި މުހިންމު ރޯލުތައް ކުޅެނީ ސަންޖޭ ދަތު އާއި އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
"ދުރަންދަރު"އަށް 600 ކްރޯޑް ރުޕީސްގެ އާމްދަނީއެއް
އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް!
ރަންވީރުގެ "ދުރަންދަރު"އަށް ބޮޑު ތަރުހީބެއް
ރަންވީރުގެ "ދުރަންދަރު" ރިލީޒްކުރުމުގެ ހުއްދަ ދީފި
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ރަންވީރުގެ ފިލްމުގެ ކްރޫ ކާނާ ވިހަވަގެން އެޑްމިޓްކޮށްފި
ރަންވީރާއި ބޮބީ ބޮޑު ޕްރޮޖެކްޓަކަށް ސޮއިކޮށްފި
ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ
"އޮޕަރޭޝަން ސިންދޫރު" ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް
ވިކީ އާއި އަނަންޔާއާ އެކު "ގަލީ ބޯއީ"ގެ ސީކުއެލްއެއް