ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ޕްރެޝަރަކާ ހެދި ނޫން ކަމަށާއި އެފަދަ ޕްރެޝަރެއް މިހާތަނަށް ނެތް ކަމަށް އެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ޕްރެޝަރަކާ ހެދި ނޫން ކަމަށާއި އެފަދަ ޕްރެޝަރެއް މިހާތަނަށް ނެތް ކަމަށް އެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަހެއްހާ ދުވަސް ތެރޭގައި އިއްޔެ އިސްތިއުފާ ދެއްވީ ސަރުކާރުގެ ފިއްތުންތަކާ ހެދި ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސައީދު "މިހާރު" އަށް ވިދާޅުވިގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ.
މި އަހަރުގެ އޮގަސްޓް 25 ގައި ޕީއެސްއެމްގެ އެމްޑީކަމަށް އައްޔަން ކުރެއްވި ސައީދު ތަކުރާރުކޮށް ވިދާޅުވީ، އޭނާގެ އިސްތިއުފާގެ ފަހަތުގައި އޮތީ ސިއްހީ ސަބަބުތަކެއް ކަމަށެވެ.
"އަޅުގަނޑު ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަގިނައިން ރާއްޖެއިން ބޭރުގައި އުޅެން ޖެހޭނެ. ބޭރަށް ދަތުރު ކުރަން ޖެހޭނެ. އެއީ މިވަގުތު ސިއްހީ ހާލަތު ހުރި ގޮތުން ކުރަން ޖެހޭ ކަމެއް. އެހެންވެ، މަގާމުގައި ފުރަމުން އެ ގޮތަށް އުޅެވޭކަށް ނެތީ،" ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ދެމިހުންނެވުމުގައި މިހާތަނަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށެވެ.
"ސިޔާސީ ގޮތުން އެއްވެސް މައްސަލައެއް ނެތް،" ސައީދު ވިދާޅުވި އެވެ.
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު އައްޔަން ކުރެއްވީ ކުރިން އެ މަގާމު ފުރުއްވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ވެސް ޒީނާ ވިދާޅެއް ނުވެ އެވެ.
ސައީދަކީ އޭޕްރީލް 2019 އާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައި ތިއްބެވި އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރެއިން އެކެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެ މިނިސްޓްރީގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ ނުވަތަ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. ސައީދު އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 9، 2017 އިގަ އެވެ. އެކަމަކު ޖެނުއަރީ 2019 އިން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ސައީދު ހުރީ އެ މަގާމުން ސަސްޕެންޑުކޮށްގަ އެވެ. އޭނާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރީ އޭޕްރީލް 2019 ގަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ސައީދާ މެދު އޭރު ފިޔަވަޅު އެޅީ 2018 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ އެވެ.
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު
ޕީއެސްއެމްގެ އެމްޑީ ސައީދު އިސްތިއުފާ ދެއްވައިފި
ވޮއިސް އޮފް މޯލްޑިވްސް އަލުން ފަށަނީ
ޕީއެސްއެމްގެ ޗެއާޕާސަނަކަށް ނަމްޒާ، އެމްޑީއަކީ ނަސްރީން
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަލަސްތީނު ޓެލެތޯނަށް 14 މިލިއަން ރުފިޔާ
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން
ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި