Roadha Mihaaru
ކަނދޮޅުދޫ ވަހީދު އަވަހާރަވެއްޖެ

ކަނދޮޅުދޫ ވަހީދު އަވަހާރަވެއްޖެ

08 މާޗް 2017

ރ. އަތޮޅަށާއި ޓޫރިޒަމް ދާއިރާ އަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކަނދޮޅުދޫ އަހުމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

ރ. އަތޮޅަށާއި ޓޫރިޒަމް ދާއިރާ އަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކަނދޮޅުދޫ އަހުމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 72 އަހަރުގައި ވަހީދު އަވަހާރަވީ، މާލޭގައި އޭނާގެ އަމިއްލަގެ ހ. ވަށްފުށީގަ އެވެ. އާއިލާއިން ބުނި ގޮތުގައި މިއަދު ހެނދުނު ވެސް ވަހީދު ހުންނެވީ ރަނގަޅަށެވެ. އެކަމަކު ސައި ހަދައިފައި، ސައި ބައްލަވަން ވަޑައިނުގެން ލަސްވާތީ ބެލިއިރު އޮތީ އަވަހާރަވެފައި ކަމަށް އާއިލާއިން ބުންޏެވެ.

"ބަރާބަރަށް ޑޮކްޓަރަށް ދައްކަވައި ޗެކަޕް ވެސް ހައްދަވާނެ،" ބޮޑު ބައްޔެއްގައި ފަރުވާ ހޯއްދަވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ، އާއިލާގެ މެމްބަރު ވިދާޅުވި އެވެ.

ވަހީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް، ކުރުނބާވިލެޖް ހެދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ބޭފުޅާ އެވެ. ކުރުނބާވިިލެޖްގެ އެންމެ ފުރަތަމަ ކޮޓަރިތައް ވެސް ހެދީ އޭނާ ޔުނިވާސަލްގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވަނިކޮށެވެ.

"އޭގެފަހުން މިވީ ހުރިހާ ދުވަހަކު ވެސް އުޅުއްވީ ޔުނިވާސަލްގައި،" އާއިލާއިން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތަކަށް ހުށަހެޅި ޑޮކިއުމެންޓްތައް ބެލުމަށް މިދިޔަ މަހު ބޭއްވި ހަފުލާއެއްގައި ވަހީދު (ކ-2) -- ފައިލް ފޮޓޯ: މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތަކަށް ހުށަހެޅި ޑޮކިއުމެންޓްތައް ބެލުމަށް މިދިޔަ މަހު ބޭއްވި ހަފުލާއެއްގައި ވަހީދު (ކ-2) -- ފައިލް ފޮޓޯ: މިހާރު

އަވަހާރަވި އިރު، ވަހީދު ހުންނެވީ ޔުނިވާސަލްގެ ވަރަށް އިސް މަގާމެއްގަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި އޭނާ ގެންދަވަނީ ބައެއް އަމިއްލަ ވިޔަފާރިތައް ވެސް ކުރައްވަމުންނެވެ.

ވަހީދުގެ ދެ އަންހެން ބޭފުޅުންނާއި ތިން ފިރިހެން ބޭފުޅުންގެ އިތުރުން ކާފަ ވިދާޅުވާ 10 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.