ކެންސަރާ ދެކޮޅަށް އެމްއާރްއެންއޭ ވެކްސިނެއް އުފައްދާފައިވާ ކަމަށާއި އަންނަ އަހަރު މި ވެކްސިން ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ރަޝިޔާއިން ބުނެފި އެވެ.
ކެންސަރާ ދެކޮޅަށް އެމްއާރްއެންއޭ ވެކްސިނެއް އުފައްދާފައިވާ ކަމަށާއި އަންނަ އަހަރު މި ވެކްސިން ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ރަޝިޔާއިން ބުނެފި އެވެ.
މިކަން އިއުލާނުކުރެއްވީ ރަޝިއާގެ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ރޭޑިއޮލޮޖީ މެޑިކަލް ރިސާޗް ސެންޓަރުގެ ޖެނެރަލް ޑިރެކްޓަރު އަންދްރޭ ކަޕްރިން ރޭޑިއޯ ރޮސިއާ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރަޝިއާގެ ޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި މި ވެކްސިނަކީ އެތައް ރިސާޗް ސެންޓަރުތަކެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ. ޕްރީ-ކްލިނިކަލް ޓްރަޔަލްތަކުގައި ވަނީ ކެންސަރު ޓިއުމަރު އުފެދުން މި ވެކްސިނުން ހުއްޓުވޭ ކަމަށާއި ކެންސަރު ސެލް އެންމެ ފުރަތަމަ އުފެދޭ ތަނުން އެހެން ތަންތަނަށް ފެތުރުން ހުއްޓުވުމުގެ ގާބިލްކަން ވެސް މި ވެކްސިނަށް ލިބިގެންވާކަން ހާމަވެފައި ކަމަށް ގަމަލޭޔާ ނޭޝަނަލް ރިސާޗް ސެންޓަރު ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީގެ ޑިރެކްޓަރު އެލެގްޒެންޑާ ގިންޓްސްބާގް ވިދާޅުވި އެވެ.
އެމްއާރްއެންއޭގެ ވެކްސިންތައް މަސައްކަތް ކުރަނީ މެސެންޖާ އާރްއެންއޭގެ ބައިތަކެއް ހަށިގަނޑަށް ތައާރަފްކޮށް، ސެލްތަކުން ވަކި ޕްރޮޓީނެއް އުފައްދަން މެސެޖު ދީގެންނެވެ. އާރްއެންއޭ ނުވަތަ ރައިބޯނިއުކްލިކް އެސިޑަކީ ދިރޭ ސެލްތަކުގެ ގިނަ ބަޔޮލޮޖިކަލް މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި ޕޮލިމެރިކް މޮލިކިއުލް އެކެވެ.
ދިފާއީ ނިޒާމުން މި ޕްރޮޓީން އަކީ ބޭރުގެ ޕްރޮޓީނެއްކަން ދެނެގަނެ، އެއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންޓިބޮޑީސް އުފައްދަ އެވެ. ކެންސަރު ބަލީގެ ހާލަތްތަކުގައި، ދިފާއީ ނިޒާމަށް ކެންސަރުގެ ސެލްތައް ދެނެގަނެ، ހަމަލާދިނުމަށް އެހީތެރިވެދޭ ގޮތަށް މި ޕްރޮސެސް ތައްޔާރުކުރެ އެވެ.
ވެކްސިން އުފެއްދުން ހަލުވިކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާކަން ވެސް ގިންޓްސްބާގް ވަނީ ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "އޭއައި ޕަވާޑް" ނިއުރަލް ނެޓްވޯކް ކޮމްޕިއުޓޭޝަންގެ ސަބަބުން އެކި މީހުންގެ ހަށިގަނޑާ ގުޅޭ ގޮތަށް ވެކްސިން އުފެއްދުމަށް ބޭނުންވާ ވަގުތު ކުރުވެ، ގަޑިއިރެއްހާ އިރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ އެވެ.
މިއަހަރުގެ ކުރީކޮޅު ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ކެންސަރާ ދެކޮޅު ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަން ކާމިޔާބުވުމާ ވަރަށް ގާތްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ކެންސަރު "ވެކްސިން"ގެ އަޖުމަބަލަން ފަށައިފި
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ކެންސަރުގެ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
ކޮވިޑާއި ފްލޫއަށް އެއް ވެކްސިނެއް ދޭން ޓެސްޓު ކާމިޔާބު