އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނޭ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ފަހިވެފައިއޮތުން މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
30 އޮކްޓޯބަރ 2025
އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެ ފަރުވާ ހޯދޭނޭ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ފަހިވެފައިއޮތުން މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"ބްރެސްޓް ކެންސަ އެވެއާނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވިދާޅުވީ ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.
އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ދައްކާ ހިތްވަރުގެ ނަމޫނާ އަކީ ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އެހެންމީހުންނަށް ހިތްވަރެކެވެ.
އެ މީހުންގެ ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް އެ މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
އުރަމަތީގެ ކެންސަރު ފަރުވާއާ ގުޅޭގޮތުން ބޭއްވި ސެޝަންގައި ފަސްޓް ލޭޑީ ސާޖިދާ (ވ) ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ފަސްޓް ލޭޑީ ވިދާޅުވީ އެއްވެސް އަންހެނަކީ އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލައި ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުސަތު ފަހިވެފައި އޮތުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، އަންހެނުން ހާއްސަކޮށް، އުމުރުން 40 އަހަރުން މަތީގެ އަންހެނުން، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް، އަހަރަކު އެއްފަހަރު މެމޮގްރާމް ހަދައި ބަލީގެ ނިޝާންތަކަށް ސަމާލުވެތިބުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވި އެވެ.
އުރަމަތީގެ ކެންސަރުގެ ފަރުވާއާ ގުޅޭގޮތުން ބޭއްވި ސެޝަނަށް ފަސްޓް ލޭޑީ ސާޖިދާ މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް" އިން ކެންސަރު ބަލީގެ ފަރުވާގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި ބަލި ތަހައްމަލުކޮށްފައިވާ މީހުން އެއްތަނަކުން ބައްދަލުވާނެ އެވެ.
އުރަމަތީގެ ކެންސަރު ފަރުވާއާ ގުޅޭގޮތުން ބޭއްވި ސެޝަންގައި ފަސްޓް ލޭޑީ ސާޖިދާ ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ޝާމިލު ގޮތުގައި ފަރުވާދިނުމާއި ބަލި ޖެހުމުގެ ސަބަބު ދެނެގަތުމާއި ފަރުވާއާ ގުޅުންހުރި އެންމެ ފަހުގެ އީޖާދުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެކަންކަމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ވެސް ފޯރަމްގައި ބާރު އަޅާނެ އެވެ.
މި އަހަރުގެ މަހާސިންތާގެ ޝިއާރަކީ "ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު" އެވެ.
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
ކެންސަރުން ސަލާމަތްވާން ސުވޭ ދެއްކި ހިތްވަރު
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން
އުރަމަތީ ކެންސަރަށް ގަވައިދުން ސްކްރީން ކުރޭ!
ކެންސަރުގެ އޮޕަރޭޝަނަށް ރޮބޮޓިކް އާލާތް ކަމަކު ނުދޭ
ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު: އެޗްޕީއޭ
މެމޮގްރަފީ ހަދާނެތޯ ނިންމާއިރު ބަލިމީހާ އެދޭގޮތް ބަލަނީ