ނައިޖީރިއާގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ އިބާދާންގެ ސްކޫލް ފެއާއެއްގައި މީހުން ގިނަވެ ފިތި ބާރުވެގެން 35 ކުއްޖަކު މަރުވެ ހަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ނައިޖީރިއާގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ އިބާދާންގެ ސްކޫލް ފެއާއެއްގައި މީހުން ގިނަވެ ފިތި ބާރުވެގެން 35 ކުއްޖަކު މަރުވެ ހަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
އޮޔޯ ސްޓޭޓް ޕޮލިސް ކޮމާންޑުގެ ތަރުޖަމާނު އަޑެވާލޭ އޮސިފެސޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ނައިޖީރިއާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީގައި ބުދަ ދުވަހު ހިނގި މި ހާދިސާއާ އެކި ގޮތްގޮތުން ގުޅުން ހުރި އަށް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ވިންގްސް ފައުންޑޭޝަނާއި އަގީޑިގްބޯ އެފްއެމް ރޭޑިއޯ ގުޅިގެން ބަސޯރުން އިސްލާމިކް ހައި ސްކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މެއިން ސްޕޮންސަރު ވެސް ހިމެނެ އެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ސްޓޭޓް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހޯމިސައިޑް ސެކްޝަނުން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އޮޔޯ ސްޓޭޓްގެ ގަވަރުނަރު ސެއީ މަކިންޑޭ ވަނީ މި ހާދިސާއާ ގުޅިގެން ތައުޒިޔާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ ހިތްތައް ވަނީ މި ހިތާމަވެރި ހާދިސާގައި ހިތްދަތިކަން ލިބުނު އާއިލާތަކާއި ގާތް ތިމާގެ މީހުންނާ އެކު،" މަކިންޑޭ ވިދާޅުވި އެވެ.
ނައިޖީރިއާގައި ޕެޓްރޯލް ޓޭންކަރެއް ގޮވައި 70 މަރު
ނައިޖީރިއާގައި ކާނާ ބަހާ ތަނެއްގައި ފިތިގެން 32 މަރު
މި އާއިލާގެ ހިތް ދޫވީ ރާއްޖޭގެ ހިމޭން ދިރިއުޅުމަށް
ބޯކޯ ހަރާމްއިން ނައިޖީރިއާގައި 80 މީހުން މަރާލައިފި
ނައިޖީރިއާގައި ޖާނު ގޮއްވުމުގެ ހަމަލާތަކުގައި 18 މަރު
ފައިސާ ބެހި ތަނެއްގައި ފިތިބާރުވެގެން ބަޔަކު މަރުވެއްޖެ
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
ނައިޖީރިއާގައި ބޯޓެއް ބަންޑުންޖަހާލައި 100 މަރު
ނައިޖީރިއާގެ ރިއާސީ އިންތިޚާބު ވެރިކަން ކުރާ ޕާޓީއަށް
ނައިޖީރިޔާގެ އިންތިޚާބު، ރައްޔިތުން އިންތިޒާރުގައި