ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ރިވިއުކޮށް، ދައުވާތައް ކުރިއަށް ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމަވައިފި އެވެ.
24 ޑިސެމްބަރ 2024

ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި ސްކީމްގެ މައްސަލާގައި އަލްހާންގެ އިތުރުން ދައުލަތުން ދައުވާ ކުރަނީ އޭނާގެ ކޮއްކޮ ޝަޒްބާން ފަހުމީ އާއި ޝަހުބާން ފަހުމީގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ދައުލަތުން ކުރެ އެވެ.
އެ މައްސަލާގައި ޖިނާއީ ދައުވާތައް ރިވިއުކުރަން ކިންގްސްގެ ފަރާތުން ޕީޖީގައި ވަނީ އެދިފަ އެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލަ ބެލިއިރު މައްސަލާގައި ހިމެނޭ ދައުވާތައް މުރާޖައާކޮށް، އެ ދައުވާތަކަށް ބަދަލެއް ގެންނަން ޖެހޭފަދަ ސަބަބެއް ނުވަތަ ހާލަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ ނިންމަވާފައިވާ ކަމަށެވެ.
މި މައްސަލާގައި މީގެ ކުރިން މައްސަލާގައި ކިންގްސް ކުންފުނީގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓި އެވެ. ނަމަވެސް ސިވިލް ކޯޓުން ފަހުން ހުކުމް ކޮށްފައިވަނީ ބޭންކުން ކިންގްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.
އުމުރު ދުވަހުގެ ހުކުމުން ސަލާމަތްކުރަން އެއްބަސްވުމެއް!
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
މަކަރުން ފައިސާ ނަގާ މީހަކަށް ދައުވާކުރަން ފޮނުވައިފި
ކަސްޓޯޑިއަލަށް ޑްރަގު ވައްދަން އުޅުނު ފުލުހަކަށް ދައުވާ
އަލްހާން ބަދަލު ދިނުމުން ދައުވާތައް އަނބުރާ ގެންގޮސްފި
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ޖިނާއީ މައްސަލަތަކުގެ ލިޔުންތައް ނައްތާނުލަން އަންގައިފި
ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހައި ކޯޓަށް
ޖިންސީ ގޯނާގެ ތިން މައްސަލައެއް ޕީޖީން ދޫކޮށްލައިފި
ހިޔާނާތުގެ ތަހުގީގުތައް ހިނގާ ގޮތް ޕީޖީން ބަލަނީ