އާ އަހަރާ ދިމާކޮށް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
25 ޑިސެމްބަރ 2024
އާ އަހަރާ ދިމާކޮށް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭތީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މި ދުވަސްވަރު ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރުން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ޑްރަގްސް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ހުޅުމާލެ ޕޮލިހާއި މެރިން ޕޮލިސް އަދި ކ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތައް ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި އަދި އެ ބާވަތްތައް ވިއްކާ ކަމަށް ޝައްކު ކުރެވޭ ކެފޭތަކާއި ރެސްޓޯރެންޓްތައް މޮނީޓާކޮށް، ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އާ އަހަރުގެ ޕާޓީތަކާ ދިމާކޮށް މާލެ ސަރަހައްދާއި ލޯކަލް ޓޫރިޒަމްގެ އޮންނަ ރަށްރަށާއި ސަފާރީތަކުން މަސްތުވާތަކެތި އަތުލައިގަނެ އެވެ.
ރާއްޖެއަށް އެތެރެކުރި ތަކެއްޗާއި އެކި ރަށްރަށުގައި ހިންގި އޮޕަރޭޝަންތަކުން ޖުމްލަ 183 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަދި 8400 އަށްވުރެ ގިނަ ބަނގުރާ ފުޅި ވަނީ މިދިޔަ އެއް އަހަރުގެ ތެރޭގައި ވަނީ އަތުލައިގެންފަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 385 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުން ވަނުމުން ބަނގުރާ ފުޅިތައް އުކާލީ މަގުމައްޗަށް
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!