ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވެ، ހުޅުމާލެ ބިން ލިބުނު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެ މައްސަލާގައި ހިމެނޭ އިތުރު ބައެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
25 ޑިސެމްބަރ 2024
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވެ، ހުޅުމާލެ ބިން ލިބުނު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެ މައްސަލާގައި ހިމެނޭ އިތުރު ބައެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
ފަޒީލްއަކީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
ފުލުހުން މިރޭ ބުނީ އެ އިދާރާ އިން ތަހުގީގުކުރަމުން އަންނަ ބިންވެރިޔާ ސްކީމްގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ އިތުރު އެހެން ބައެއްގެ ފޯނު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.
ފަޒީލްގެ އިތުރުން ދެން ގޯތީގެ ފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބެނީ މާލޭ މީހުންނަށް ކަމަށް ވިޔަސް އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ.
ފަޒީލް އެ ހުއްދަ އަށް އެދުނީ ޖޫން 30، 2024 ގަ އެވެ. އެހެންވެ، އެޗްޑީސީން އަމަލުކުރާ އުސޫލުން އެ ގޯތީގެ ރެޖިސްޓްރީ ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އެވެ. އަބްދުލްމަޖީދު މާހިރު ކިޔާ މީހަކު ވެސް ގޯތީގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތުމުން އެ ވެސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކަން ސާފުކުރަން ފޮނުވި އެވެ.
ހައުސިން މިނިސްޓްރީން މި އަހަރުގެ އޯގަސްޓް 15 ގައި އެޗްޑީސީގެ ސިޓީއަށް ދިން ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ދެ ގޯއްޗަކީ އެއްވެސް މީހަކަށް ދީފައި އޮތް ދެ ގޯތި ނޫން ކަމަށެވެ.
ފަޒުލް އަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ ބޭބެ، ފަަޒީލް އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ.
މި މައްސަލަތައް ތަހުގީގު ކުރާތީ ފަޒުލް އާއި ފަޒީލް ހިމެނޭހެނ 20 މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީ އާއި އެޗްޑީީސީގެ މުވައްޒަފުންތަކެއް ހިމެނޭ ކަމަށް ވެ އެވެ.
ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތިތައް ދޫކުރި މައްސަލަ ފެންމަތިވުމުން އެމްޑަބްލިއުއެސްސީން ވަނީ ފަޒީލް ސަސްޕެންޑުކޮށްފަ އެވެ. އަދި އެޗްޑީސީން ފަޒުލް ވެސް ސަސްޕެންޑުކުރި އެވެ. ފަޒުލް ސަސްޕެންޝަންގައި ހުންނަވައި ވަނީ ފުލުހުންނާއި އޭސީސީގެ ތަހުގީގަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ، އެޗްޑީސީގެ އެމްޑީ ކަމުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.
މި މައްސަލާގައި ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ފަޒީލްގެ ފޯޖަރީގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް