Roadha Mihaaru
ނޫސްވެރިޔާ ވިސާމަށް ހުކުމް ކުރުން ފަސްކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމަށް ހުކުމް ކުރުން ފަސްކޮށްފި

09 މާޗް 2017

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ވިސާމްގެ މައްޗަށް ހުކުމް އިއްވުން ފަސްކުރީ ދިފާއީ ހެކިން ބަޔާނުގައި ސޮއި ނުކުރުމާ ގުޅިގެންނެވެ. މި މައްސަލައިގެ ޝަރީއަތަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ.

ވިސާމްގެ މައްޗަށް ހުކުމް އިއްވާނެ ދުވަހެއް ކޯޓުން އަދިއެއް ނުބުނެ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމަށް ބުނެ ވިސާމްގެ މައްޗަށް ކުރާ ދެވަނަ ދައުވާ އަކީ މާޗް، 2015 ގައި ބޭއްވި މުޒާހަރާއެއްގައި ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް ކަމަށް ބުނެ ކުރާ ދައުވާ އެކެވެ.

މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، ވިސާމްގެ މައްޗަށް ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ފަހު، ކުށް ސާބިތުވެއްޖެ ނަމަ ދެ ފަރާތުން އަދަބާ މެދު ވާހަކަ ދައްކައި، ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ވިސާމަށް އަދަބު ކަނޑައެޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ވިސާމްގެ މައްޗަށް ފުރަތަމަ ދައުވާކޮށް، ޖޫރިމަނާ ކުރީ ނޮވެމްބަރު، 2015 ގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް ހައްޔަރު ކުރަން ފުލުހުން އުޅުމުން، ވިސާމް އެ މީހުންނަށް ހުރަސް އެޅި ކަމަށް ބުނެ ކުރި ދައުވާގަ އެވެ. މި މައްސަލާގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން ނަސީރަށް ވެސް ކުށް ސާބިތުވެ، ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ދެ ނޫސްވެރިންގެ އިތުރުން ރާއްްޖެ ޓީވީގެެ ކެމެރާމަން އާދަމް ޒަރީރަށް ވެސް ވަނީ ކުށް ސާބިތުވެ، 3،000ރ. ގެ ޖޫރިމަނާގެ ހުކުމް އިއްވައިފަ އެވެ. އަދި ފިޔާޒްގެ ފުލުހެެއްގެ ގައިގައި ޖެހި ކަމަށް ބުނެ އޭނާ އަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ ވެސް މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ.