އައިއެސްގެ މެންބަރަކަށް ވެ، ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދީ، އެ ކަންކަމާ ގުޅުން ހުރި އެތައް ކަމެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ހޫދު މުހައްމަދު ޒާހިރު ބަންދުން ދޫކޮށްލާފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
07 ޖެނުއަރީ 2025
އައިއެސްގެ މެންބަރަކަށް ވެ، ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދީ، އެ ކަންކަމާ ގުޅުން ހުރި އެތައް ކަމެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ހޫދު މުހައްމަދު ޒާހިރު ބަންދުން ދޫކޮށްލާފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ޖެނުއަރީ 6، 2022 ގައި ދިވެހި ފުލުހުން ހައްޔަރުކުރި އުމުރުން 32 އަހަރުގެ ހޫދަށް ފަސް ދައުވާއެއް ދައުލަތުން ކޮށްފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 53 އަހަރުގެ ހުކުމެއް އަންނާނެ އެވެ.
ކްރިމިނަލް ކޯޓުގައި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާއިރު، އޭޕްރީލް 19، 2022 އިން ފެށިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކޮށްފައިވާ އަމުރު 60 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. އެ މުއްދަތު ހަމަވެ، ސަސްޕެންޝަން އިތުރުކޮށްދޭން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅި އެވެ.
އެ ހުށަހެޅުމުގައި އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 60 ދުވަހަށް ހޫދު ބަންދު ކުރަން ނެރެފައިވާ އަމުރު ސަސްޕެންޑް ކުރަން ނިންމައިފަ އެވެ. އެކަމަކު، އެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީ، ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.
އިސްތިއުނާފާ މެދު ގޮތް ނިންމަން އިއްޔެ ހައި ކޯޓުން އިއްވި ހުކުމްގައި ބުނީ ހޫދުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށާއި ނަމަވެސް، ބަންދު މުރާޖައާ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.
"ހާއްސަ އިޖުރާއަތުގެ ދަށުން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖައާކޮށް، އަލުން ގޮތެއް ކަނޑައަޅަން ޖެހޭނީ ވެސް އެ ހާއްސަ އިޖުރާއަތު ބަޔާންކުރާ ގާނޫނުގައި ބަންދާ މެދު ގޮތް ކަނޑައަޅަން ޖެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ނަމަ އެ އުސޫލުތަކުންނެވެ،" ހުކުމްގައި ބުންޏެވެ.
އެހެންކަމުން، ހޫދުގެ ބަންދު މުރާޖައާ ކޮށްފައިވަނީ ރަނގަޅު އިޖުރާއަތެއްގެ ތެރެއިން ނޫން ކަމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރި އެވެ.
ހޫދަކީ 2015 އިން ފެށިގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހެއް ކަމަށާއި އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު ކޯޓުގައި ހޫދު ބުނީ އޭނާ އަކީ "ކޮމްޕިއުޓަ ސައިންސް އެނގޭ މީހެއް ނޫން" ކަމަށެވެ.
ހޫދަށް ކުރާ ދައުވާތައް:
● އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ - 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް.
● އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއާތެއްގެ ލިޔެކިއުންތައް ފެތުރުން - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.
● ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން. - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.
● ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން - ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ހުކުމެއް.
● ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން. - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް.
ފުލުހުން ބުނެފައިވާ ގޮތުގައި ހޫދު ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާފައިވާ ކޮންޓެންޓް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރު ކޮށްފަ އެވެ. ނަމަވެސް ހުރިހާ ދައުވާތަކަށް ވެސް ހޫދު އިންކާރު ކޮށްފައިވެ އެވެ.
ހޫދު ކޯޓުގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ނުހިންގާ ކަމަށާއި ފޯނާއި ހާޑް ޑިސްކް ފަދަ އެއްޗިއްސަށް އަޅައިގެން ގެންގުޅެފައިވާ މައުލޫމާތުގެ ތެރޭގައި އެފަދަ ކަމަކަށް ތުހުމަތުވާ އެއްޗެއް ހުރެދާނެ ކަމަށެވެ. އެކަމަކު އޭނާއަކީ މައުލޫމާތު ހޯދާ ހިތްވާ މީހަކަށް ވާތީ، އެއީ ތަންތަނުން ހޯދާ މައުލޫމާތު ކަމަށާއި ޓެރަރިޒަމްގެ ތުހުމަތެއް ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްފި
ފުލުސް މީހާގެ އަދަބު ބޮޑުވުމުން ޕީޖީން ހައިކޯޓަށް ދަނީ
ޕެސްޓް ދޫކުރި މައްސަލަ އިސްތިއުނާފްކޮށްފި
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ޝަރީއަތް ނިމެންދެން ނަދީމް ބަންދުކުރީ ގޯސްކޮށް: ކޯޓް
"ނަޝީދުގެ ހަމަލައާ ގުޅުން ހުރި މީހަކު ދުލެއް ނުކުރޭ"
ހަރުކަށިފިކުރު މީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި