އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ މައްޗަށް ކަނޑައެޅި އަދަބު މާ ބޮޑު ކަމަށް ބުނެ އޭނާ އަދަބު ލުއިކުރަން ހައި ކޯޓަށް ދާން ދައުލަތުން ނިންމައިފި އެވެ.
22 ސެޕްޓެމްބަރ 2022
އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ މައްޗަށް ކަނޑައެޅި އަދަބު މާ ބޮޑު ކަމަށް ބުނެ އޭނާ އަދަބު ލުއިކުރަން ހައި ކޯޓަށް ދާން ދައުލަތުން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވީ އެއް އަހަރާއި އެއް މަހުގެ ޖަލު ހުކުމެކެވެ. އެއީ އަދަބުގެ ދެ ގުނަ މަތިކުރުމަށް ފަހު އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އޭނާގެ މައްޗަށް ކަނޑައެޅި އަދަބުގެ ބައި އިސްތިއުނާފު ކުރަން ނިންމީ އަދަބުގެ މިންވަރު ބޮޑުވުމުން ކަމަށެވެ. ދައުލަތުން އެދުނީ ގާނޫނުލްއުގޫބާތުގެ ދަށުން ހަތް މަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.
ކްރިމިނަލް ކޯޓުން އެ ފުލުސް މީހާގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބޭ އިހުތިޔާރު ބޭނުންކޮށްގެންނެވެ. އެއީ އަދަބުގެ މިންވަރު ބޮޑުކުރުމަށް އޮންނަ އިހުތިޔާރެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގިރިގެ މައްޗަށް ވެސް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އޭނާއާ އެކު ގުޅުން ހިންގި ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރަށް އިއްވީ ތިން މަހުގެ ގޭ ބަންދުގެ ހުކުމެކެވެ.
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އަލަމްގީރް ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ހޫދު ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައި ކޯޓު