09 މާޗް 2017
ގެސްޓްހައުސްތަކަށް އައިޓީ އަދި މުއާސަލާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫން ގެސްޓްހައުސް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގެސްޓްހައުސްތަކަށް އައިޓީ އަދި މުއާސަލާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫން ގެސްޓްހައުސް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. ގެސްޓްހައުސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ކަރަމް އެވެ.
އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ސީއީއޯ ވިކްރަމް ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރި މުޅި ރާއްޖެއަށް ފެތުރިފައިވާތީ އެ ވިޔަފާރި ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދަން އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ރަނގަޅު ވިޔަފާރި މޮޑެލްއަކަށް ބަދަލުވާތަން. ގެސްޓްހައުސްއެއް ކާމިޔާބު ކަމާއެކު ހިންގަން ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ އެ ކުންފުނިން ގެސްޓްހައުސްތަކަށް އައިޓީ އަދި މުއާސަލާތީ އެހީތެރިކަން ދޭނީ އެންމެ ކުރިއަރާފައިވާ ކުންފުނިތަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން އެ އެހީތެރިކަން ފޯރުކޮށްދޭނީ އެ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެގެން. އަދި އަޅުގަނޑުމެން އެ ހިދުމަތްތައް ފޯރުކޮށްދޭނީ ވަރަށް ހެޔޮއަގުގައި،" އޭނާ ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ ގެސްޓްހައުސްތަކަށް ހިދުމަތް ދިނުމަށް އަގުތައް މިހާރަށްވުރެ ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ބޭނުމަކީ އެ ވިޔަފާރި ކާމިޔާބުކުރުމަށް އެހީތެރިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އެސޯސިއޭޝަންގެ ރައީސް ކަރަމް ވިދާޅުވީ އުރީދޫއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ގެސްޓްހައުސްތަކަށް ބޭނުންވާ މުއާސަލާތީ ހިދުމަތްތައް ވަރަށް ފުރިހަމަކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން އެހެނިހެން ހިދުމަތްތައް ވެސް ފުރިހަމަކޮށް ދިނުމަށް އެކި ފަރާތްތަކާއެކު މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފުއްޓަކީ ސަތޭކައިގެ ބްރޭންޑެއް؛ އުޖާލާ ޓޫރިޒަމެއް!
ހަ ރަށެއްގެ 22 ގެސްޓު ހައުސްއެއް މާދަމާ ހުޅުވާނެ
ބޭނުންވާ ޖަޒީރާ ތަރައްގީ މާފުށިން ފެނޭ: އިބޫ
ވެލާނާ ބީޗަށް ގެސްޓްހައުސްގެ ދެ އެވޯޑް ލިބިއްޖެ
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
"ޓޫރިޒަމުން އާމްދަނީ ހޯދެން އޮތް މިންވަރަށް ނުހޯދޭ"
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ގެސްޓް ހައުސް ސިމްޕޯސިއަމް އޮކްޓޫބަރު 10ގައި ބާއްވަނީ
ކަރަންޓު ބިލްތަކަށް ބައި ބިލިއަން ރުފިޔާ ލިބެން ޖެހޭ
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ