Roadha Mihaaru
ވެލާނާ ބީޗަށް ގެސްޓްހައުސްގެ ދެ އެވޯޑް ލިބިއްޖެ

ވެލާނާ ބީޗަށް ގެސްޓްހައުސް އެވޯޑުގެ މުހިންމު ދެ އެވޯޑެއް ލިބިއްޖެ

31 އޮކްޓޯބަރ 2017

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބޭއްވި ގެސްޓްހައުސް އެވޯޑުގެ މުހިންމު ދެ އެވޯޑެއް މާފުށީގައި ހިންގާ ވެލާނާ ބީޗަށް ރޭ ލިބިއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބޭއްވި ގެސްޓްހައުސް އެވޯޑުގެ މުހިންމު ދެ އެވޯޑެއް މާފުށީގައި ހިންގާ ވެލާނާ ބީޗަށް ރޭ ލިބިއްޖެ އެވެ.

މާޓާޓޯ އިން ބާއްވާ މި އަހަރުގެ ޓްރެވަލް އެވޯޑުގައި ހިމެނޭ ގެސްޓް ހައުސް އެވޯޑުގައި ވެލާނާ ބީޗަށް ލިބުނީ ލީޑިން ފުޑް އެންޑް ބެވަރޭޖް ގެސްޓް ހައުސް އެވޯޑާއި މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް އެވޯޑެވެ.

ގެސްޓް ހައުސް އެވޯޑުގައި މުހިންމު ދެ އެވޯޑެއް ލިބުނު ވެލާނާ ބީޗް ގެސްޓްހައުސް.

ގެސްޓް ހައުސް އެވޯޑުގައި މުހިންމު ދެ އެވޯޑެއް ލިބުނު ވެލާނާ ބީޗް ގެސްޓްހައުސް.

ޑިސެމްބަރު 2015 ގައި ހުޅުވި ދިހަ ކޮޓަރީގެ ވެލާނާ ބީޗަކީ ވެލާނާ ހޮޓެލްސް އިން ހިންގާ ތަނެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ވެލާނާ ބްލޫގެ ނަމުގައި 18 ކޮޓަރީގެ އިތުރު ހޮޓަލެއް، ވެލާނާ ބީޗާ ޖެހިގެން ކަހަލަ ގޮތަކަށް، ހުޅުވަން ތައްޔާރުވަމުންނެވެ.

ގެސްޓްހައުސް އެވޯޑްގެ 15 ކެޓަގަރީއަށް 96 ނޮމިނޭޝަން ލިބުނު ކަމަށް މަޓާޓޯ އިން ބުނެ އެވެ.