ބައިނަލްއަގްވާމީ މުބާރަތެއްގެ ގޮތުގައި، ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް މާސްޓާސް މުބާރާތް އއ. ތޮއްޑޫގައި މި އަހަރުގެ އޮގަސްޓް މަހު ބާއްވަން އިއުލާންކޮށްފި އެވެ.
ބައިނަލްއަގްވާމީ މުބާރަތެއްގެ ގޮތުގައި، ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް މާސްޓާސް މުބާރާތް އއ. ތޮއްޑޫގައި މި އަހަރުގެ އޮގަސްޓް މަހު ބާއްވަން އިއުލާންކޮށްފި އެވެ.
މިއީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ އިން ރާވައި އިންތިޒާމުކުރާ މުބާރާތެކެވެ. ކުޅިވަރާ ބެހޭ މިނިސްޓްރީގެ ވެސް އެހީއާ އެކު ކުރިއަށް ގެންދާ މި މުބާރާތް އޮންނާނީ އޮގަސްޓް 19-25 އަށެވެ.
މުބާރާތުން ފުރުސަތު ދޭ ގޮތަށް ހަމަޖައްސާފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ 120 ކުޅުންތެރިންނަށެވެ.
ޓޭބަލް ޓެނިސްގައި މާސްޓާސްއަކީ ސީނިއާ ނުވަތަ ތަޖުރިބާކާރު ކުޅުންތެރިންނަށް ހާއްސަ ކެޓަގަރީއެކެވެ. އެހެން ބައެއް ކުޅިވަރުތަކުގައި ނަމަ ވެޓްރަންސް ކެޓަގަރީ އެވެ. މުބާރާތުގައި ހިމެނޭ އުމުރުފުރާތަކަކީ؛
• 35-39 އަހަރާ ދެމެދު
• 40-49 އަހަރާ ދެމެދު
• 50-59 އަހަރާ ދެމެދު
• 60-64 އަހަރާ ދެމެދު
• 65-69 އަހަރާ ދެމެދު
• 70 އަހަރުން މަތި
މުބާރާތުގައި ކުރިއަށްދާނެ އިވެންޓްތަކަކީ މެންސް ސިންގަލްސް، ވިމެންސް ސިންގަލްސް، މެންސް ޑަބަލްސް، ވިމެންސް ޑަބަލްސް، އަދި މިކްސް ޑަބަލްސް އެވެ.
މުބާރާތުގެ މެޗުތައް އޮންނާނީ ތޮއްޑޫ ސްކޫލް ހޯލުގަ އެވެ. އެތަން އެއާކަންޑިޝަންކޮށް ސްޕޯޓްސް ވެނިއުއެއްގެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާ އެއް ރަށް ކަމަށްވާ ތޮއްޑޫގައި މި މުބާރާތް ކުރިއަށް ގެންދާނީ ބައިވެރިންނަށް ޗުއްޓީއެއް ވެސް ހޭދަކޮށްލެވޭ ގޮތަށެވެ. އެގޮތުން ބައިވެރިންނަށް ގުދުރަތީ ތީރިކަން ތަޖުރިބާކޮށްލެވޭނެ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ. އަދި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް އެކޮމަޑޭޝަން ހަމަޖައްސާ ކުޅުންތެރިންނަށް ހާއްސަ ރަޖިސްޓަރޭޝަން ފީތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
ޓީޓީގެ ރޭންކިންގެ އެއްވަނަ ދީމާ އާއި މުންސިފަށް
ތައިލެންޑް ޓީޓީ މާސްޓާސް އިން ލަތީފަށް ރިހި މެޑަލް
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
ލަތީފާއި އަލިބެ އަށް ތުރުކީން ބޮޑު ކާމިޔާބެއް
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް
އަންހެން ޓީޓީ ޓީމަށް ލަންކާ އަތުން ތާރީހީ މޮޅެއް
ގައުމީ އަންހެން ޓީޓީ ޓީމުން ކިރިގިސްތާން ބަލިކޮށްފި
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
މުންސިފް ބަލިކޮށް ގައުމީ ތަށި އަޚްޔާރު ހޯދައިފި
ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަން