Roadha Mihaaru

ފޮރެކްސް ގާނޫނު: 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީ ވާން އެދިއްޖެ

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ވިޔަފާރިތަކުން އެމްއެމްއޭ ގައި ރަޖިސްޓަރީ ވާން ހުޅުވާލައިފި އެވެ.

ޓޫރިޒަމްވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 ޖެނުއަރީ 2025

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ވިޔަފާރިތަކުން އެމްއެމްއޭ ގައި ރަޖިސްޓަރީ ވާން ހުޅުވާލައިފި އެވެ.

އެމްއެމްއޭ އިން އާންމުކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދުގައިވާ ގޮތުން ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އޮތް ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރަން ޖެހެ އެވެ. މި މަހުގެ 1 ގެ ފަހުން ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓަރީ ވާން ޖެހެނީ އެ ވިޔަފާރިއެއް ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގަ އެވެ.

އެ ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

MMA Extranet

ޓޫރިޒަމްގެ ވިޔަފާރިތައް ރަޖިސްޓްރީ ކުރާ ޕޯޓަލް

ރަޖިސްޓަރީ ކުރުމުގެ ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ މުއްދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، މިދިޔަ އަހަރު ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ނަމަ އެ ފަރާތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީ ވާން ޖެހޭނެ އެވެ.

މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން ބޭރު ފައިސާއިން 15 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭ ނަމަ އެ ވިޔަފާރިއެއް ރަޖިސްޓަރީ ކުރަން ޖެހެނީ ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ކަމަށް ވެސް އެ ގަވައިދުގައި ކަނޑައަޅާފައި ވެ އެވެ.

ވިޔަފާރިތައް ރަޖިސްޓަރީ ކުރަން ޖެހެނީ އެމްއެމްއޭގެ ވެބްސައިޓުގައިވާ ފޮރިން އެކްސްޗޭންޖު ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.