އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ރާއްޖޭގައި ދިރިއުޅުއްވާ ގޭގެ ޓެރަސްގައި ބޮޑުކުރި ރުކެއް ހުޅުމާލޭގައި މިއަދު އިންދައިފި އެވެ.
11 ޖެނުއަރީ 2025
އިނގިރޭސި ސަފީރު ކެރޮން ރޮސްލާ ރާއްޖޭގައި ދިރިއުޅުއްވާ ގޭގެ ޓެރަސްގައި ބޮޑުކުރި ރުކެއް ހުޅުމާލޭގައި މިއަދު އިންދައިފި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، ކެރޮން މިހާރު ހުންނެވީ އެނބުރި ގައުމަށް ވަޑައިގަންނަވަން ތައްޔާރު ވެގެންނެވެ.
އިނގިރޭސި ސަފީރު ގޭގައި ބޮޑުކުރި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދަނީ.-- ފޮޓޯ: އެޗްޑީސީ
އެހެންވެ، ކެރޮން އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން އެޗްޑީސީގެ މުވައްޒަފުން މިއަދު ބޭއްވި ފެއާވެލް އިވެންޓެއްގައި މި ރުއް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ އިންދައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެތަނުގައި މި ރުއް އިންދީ ހައި ކޮމިޝަނަރުގެ ހައިސިއްޔަތުން ކެރޮން ކޮށްދެއްވި ހިދުމަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ކެރޮން ވިދާޅުވި ގޮތުގައި، މިއީ 2021 ވަނަ އޭނާއަށް ހަދިޔާއަކަށް ލިބިވަޑައިގެންނެވި ކާއްޓެއް ގޭގެ ޓެރަސްގައި ބާއްވައިގެން ބޮޑުކުރި ރުކެކެވެ. އޭނާއަށް މި ކާށި ހަދިޔާކުރެއްވީ އިނގިރޭސި ހައި ކޮމިޝަނުގައި ކްލައިމެޓް ޗޭންޖު ޕޮލިސީ މެނޭޖަރަކަށް ކުރިން ހުންނެވި އަހްމަދު ފިޒާލެވެ.
އިނގިރޭސި ސަފީރު ކެރޮންއަށް ހަދިޔާއަކަށް ލިބުނު ކާށި.-- ފޮޓޯ: ކެރޮން / އެކްސް
ފިޒާލް "މިހާރު" އަށް ވިދާޅުވީ މި ކާއްޓަކީ އޭނާގެ މަންމަގެ ރަށް ބ. ހިތާދޫން ގެނައި އެއްޗެއް ކަމަށެވެ.
މި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދުމަށް ބޭއްވި އިވެންޓުގައި އޭނާ ވެސް ބައިވެރިވި އެވެ.
A great way to spend the last day of your term, Madam High Commissioner.
— Ahmed Fizal (@Ahmed_Fizal) January 11, 2025
Thanking you for your Great service and exceptional leadership. It was a pleasure working alongside you on the pressing issue of climate change.
I'll keep you updated on Shai the young coconut palm! ?? pic.twitter.com/4cgbfVJ7Mv
މި ރުކަށް ކެރޮން ވަނީ ނަމެއް ވެސް ދެއްވައިފަ އެވެ. ނަމަކީ "ޝައި" އެވެ.
އިނގިރޭސި ސަފީރު ކެރޮން ގޭގައި ބޮޑުކުރި ރުއް.-- ފޮޓޯ: ކެރޮން / އެކްސް
"އަޅުގަނޑު ރާއްޖެ ދޫކޮށް ދާން ޖެހުމުން ލިބޭ ހިތާމަ ކުޑަކޮށްދޭ ދެ އެއްޗެއް އެބައޮތް؛ އެއީ ރާއްޖޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނާއި 'ޝައި'ގެ ނަން ދީފައިވާ މި ރުއް،" ކެރޮން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ކެރޮން ވަނީ މި ރުއް ހެދި ބޮޑުވަމުން އައި އެކި ދުވަސްވަރު ބައެއްގެ ފޮޓޯތައް ވެސް ހިއްސާކުރައްވައިފަ އެވެ.
އިނގިރޭސި ސަފީރު ގޭގައި ބޮޑުކުރި ރުއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންދުމަށް ފަހު، އެ ރުއް ކައިރީގައި ހުއްޓި ވަޑައިގެން.-- ފޮޓޯ: އެޗްޑީސީ
ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރުގެ މަގާމަށް ކެރޮން ވަޑައިގަތީ އޮކްޓޯބަރު 30، 2019 ގަ އެވެ. އަދި އޭނާއަކީ ރާއްޖޭގައި އިނގިރޭސި ވިލާތުގެ އެމްބަސީއެއް އަލަށް ހުޅުވައި، ސަފީރަކަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ. އޭގެ ކުރިން އިނގިރޭސ ވިލާތާއި ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅަނީ އެއް ސަފީރެކެވެ. ސަފީރު އޭރު ހުންނަވަނީ ވެސް ލަންކާ އެވެ.
ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ހިއްސާކޮށްފި
އިނގިރޭސި ސަފީރަށް ތަށިބަރިއަކުން ކާނާ އާއި ލޯބި!
އިނގިރޭސި ސަފީރާއެކު އިދިކޮޅުން ބައްދަލުވުމެއް
"ރާއްޖެ އަށް ލުއި ނުދިނީ މިންގަޑަށް ނުފެތޭތީ"
އިނގިރޭސިއަކު ހުޅުލޭ އެއާޕޯޓްގައި ނުވަ ގަޑިއިރު ރޮއިފި
އެޗްޑީސީގެ ހަތަރު މުވައްޒަފަކު އަދިވެސް ސަސްޕެންޝަންގައި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި
ފާޑުކިޔުންތަކާ އެކު، ނިންމުން ބަދަލުކޮށް ގަސް އިންދަނީ
ކޮންޓްރެކްޓް އާނުކުރުމުން ޔާމީން ޓްރައިބިއުނަލަށް