Roadha Mihaaru

ރެޑްވޭވް ރޯދަ ސޭލްގެ ބޮޑު އިނާމަކަށް އެއް ލައްކަ ރުފިޔާ!

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާކެޓްގެ ވިޔަފާރިކުރާ ރެޑްވޭވްއިން ހާއްސަ ޑިސްކައުންޓްތަކާއި އަގުހުރި އިނާމުތަކަކާއެކު ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ރެޑްވޭވް ރޯދަ ސޭލްގައި އިނާމަކަށް އެއް ލައްކަ ރުފިޔާ!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

13 ޖެނުއަރީ 2025

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާކެޓްގެ ވިޔަފާރިކުރާ ރެޑްވޭވްއިން ހާއްސަ ޑިސްކައުންޓްތަކާއި އަގުހުރި އިނާމުތަކަކާއެކު ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އެ ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކާ އެކި އައިޓަމްތަކުން ފަސް ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އަދި ރެޑްވޭވްގެ ފިހާރަތަކުން ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ.

އެ ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެވެ. އަދި ދެވަނަަ އަށް ހޮވޭ ހަތް މީހަކަށް 10،000ރ. ގެ ގިފްޓު ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތިން ވަނަ އަށް ހޮވޭ ފަސް މީހަކަށް 5000ރ. ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.

ރެޑްވޭވުން ބުނީ އެ ފިހާރައަކީ ބާޒާރުގައި މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކުގެ އަސަރު އާންމުންނަށް ނުކުރާނެ ގޮތަކަށް އަދި ހެޔޮ އަގުގައި ގިނަ ތަކެތި ލިބެން ހުރި ތަނެއް ކަމަށެވެ. އަދި ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ތެލި ސެޓާއި ތަށި ސެޓު އަދި ބަދިގެ އާއި ގޭތެރެއަށް ބޭނުންކުރާ އެކި ބާވަތުގެ ފަރުނީޗަރާއި ބެޑްރޫމް ސެޓް ފަދަ ފަރުނީޗަރު ވެސް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވްގެ ހުރިހާ ފިހާރަތަކާއި ވެބްސައިޓުގައި ރެޑްވޭވްގެ ރޯދަ ސޭލް އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ރެޑްވޭވްގެ ރޯދަ ސޭލްއަކީ ކަސްޓަމަރުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ހޫނު ތަރުހީބެއް ލިބޭ ޕްރޮމޯޝަނެކެވެ.