Roadha Mihaaru
ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

09 ފެބުރުއަރީ 2021

ރެޑްވޭވްގެ "އަހަރީ ބާޒާރު" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމުދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރެޑްވޭވްގެ "އަހަރީ ބާޒާރު" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމުދީފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 20، އިން މިދިޔަ މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް އަހަރީ ބާޒާރު"ގެ ޕްރޮމޯޝަން ނިމި އެ ޕްރޮމޯޝަންގެ ބައިވެރިންގެ މެދުގައި ލަކީ ޑްރޯއެއް ބޭއްވީ މިއަދު ރެޑްވޭވްގެ މެގަ މޯލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ޕްރޮމޯޝަންގައި ރެޑްވޭވްގެ 11 ފިހާރައިގައި ކުރިއަށް ގެންގޮސްފައިވެ އެވެ. މި ޕްރޮމޯޝަންގައި ކަސްޓަމަރުން ކުރި 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ވަނީ ދޫކޮށްފައިވެ އެވެ.

އެގޮތުން 5،000ރ. ގެ އިނާމް ހައްޤުވާ 10 ފަރާތަކާއި 25،000ރ. ލިބުނު ނަސީބުވެރި އެއް ފަރާތެއް ވަނީ ހޮވާފަ އެވެ. މީގެ ތެރެއިން އެއް ވަނަ އިނާމް ހާސިލު ކޮށްގެން 25،000ރ. ލިބުނީ ޒައީމާ މުހައްމަދަށެވެ. މިގޮތަށް އެއް ލައްކަ ރުފިޔާގެ އިނާމް މި ޕްރޮމޯޝަންގެ ދަށުން ރެޑްވޭވުން ދޫކޮށްފައިވެ އެވެ.

ރެޑްވޭވުގެ އަހަރީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ

ރެޑްވޭވުގެ އަހަރީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ

މި ޕްރޮމޯޝަންގެ ތެރެއިން، ރެޑްވޭވް ފޭސްބުކްގައި ހަރަކާތްތެރިވި "ޓޮޕްފޭނުން" ގެ ތެރެއިން ފަސް ފަރާތެއް ވަނީ ގުރުއަތުން ހޮވައިފަ އެވެ. މިގޮތަށް ހޮވުނު ފަސް މީހުންނަށް ހައިސެންސް 43 އިންޗި ޓީވީ އާއި ޖީޕަސް ޑީޕް ފްރަޔާ އާއި ނިކާއީ ބްލެންޑަރު އަދި ނިކާއީ ޓީ ޕޮޓް އަދި ކެޓަލް ސެޓު ލިބިފައިވެ އެވެ.

ރެޑްވޭވުން ބުނީ މިފަދަ އިނާމްތައް ކުރިއަށްއޮތް ރެޑްވޭވް ރޯދަ ސޭލްގައި ވެސް ދޭނެ ކަމަށެވެ. ރެޑްވޭވް ރޯދަ ސޭލް ޕްރޮމޯޝަންގައި އަހަރީ ބާޒާރަށްވުރެ ވެސް ފުރިހަމަ، ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިބޭނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.